ސިނގިރޭޓު ކޮންޓެއިނަރުތައް ގެއްލުން: ދެ ވިޔަފާރިވެރިންނާއި ކަސްޓަމްސްގެ އިސް އޮފިސަރަކު ހައްޔަރަށް

ހައްޔަރު ކުރި މީހުންގެ ތެރޭގައި ކަސްޓަމްސްގެ އިސް އޮފިސަރަކާއި ދެ ވިޔަފާރިވެރިންގެ އިތުރުން އިތުރު މީހަކު ހިމެނެ އެވެ. އެ މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ކަސްޓަމްސް އިން ހިފެހެއްޓި އަދި ގެއްލިފައިވާ ސިނގިރޭޓްތައް -- ކަސްޓަމަސް

ވަގަށް އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރު ސިނގިރޭޓް އެމްޕީއެލްގައި ބަހައްޓާފައި ހުއްޓައި ގެއްލުނު މައްސަލާއާ ގުޅިގެން ހަތަރު މީހުން ހައްޔަރު ކޮށްފި އެވެ.

މިއީ ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އަހަރުގެ އޭޕްރީލް މަހު ހިފެހެއްޓާފައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓެވެ. މީގެ އަގު 13.6 މިލިއަނަށް ވުރެ މައްޗަށެވެ. 

ގެއްލުނީ 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. މިތަކެތި ބަހައްޓާފައި ހުރީ އެމްޕީއެލް ހުޅުމާލެ ޕޯޓުގަ އެވެ. ސިނގިރޭޓް ނެތްކަން އެނގުނީ މިމަހުގެ އަށްވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. 

ފުލުހުން މިރޭ ބުނީ މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހެއް ފުރުން މަނާކޮށް، ބައެއް އުޅަނދުތަށް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އެކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ބެލެވޭ ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ކަސްޓަމްސްގެ އިސް އޮފިސަރަކާއި ދެ ވިޔަފާރިވެރިންގެ އިތުރުން އިތުރު މީހަކު ހިމެނެ އެވެ. އެ މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ. ތަހުގީގު ކުރިއަށްދާ ވަރަކުން މައުލޫމާތު ހިއްސާ ކުރަމުންދާނެ ކަމަށް ވެސް ބުންޏެވެ.

ފުލުހުންގެ އިތުރުން އެމްޕީއެލްގެ ކަމާގުޅުންހުރި ޑިޕާޓްމަންޓްތަކުންވެސް އެތެރޭގެ ތަހުގީގެއް ދަނީ ހިންގަމުންނެވެ. މި މައްސަލައިގެ ތަހުގީގު ނިމުމުން، ތަހުގީގު ރިޕޯޓާއި އެއްގޮތަށް އެމްޕީއެލް އިން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ތަންފީޒުކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.