ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އަހަރުގެ އޭޕްރީލް މަހު ހިފެހެއްޓި ސިނގިރޭޓުގެ 13.6 މިލިއަނަށް ވުރެ މައްޗަށެވެ. މިއީ 40 ފޫޓުގެ ދެ ކޮންޓެއިނަރު ސިނގިރެޓެވެ.
ވަގަށް އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރު ސިނގިރޭޓް އެމްޕީއެލްގައި ބަހައްޓާފައި ހުއްޓައި ގެއްލުނު މައްސަލާގައި އެމްޕީއެލްއިން އެތެރޭގެ ތަހުހީގެއް ފަށައިފި އެވެ.
މިއީ ކޮން ސިނގިރެޓެއް ؟ ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އަހަރުގެ އޭޕްރީލް މަހު ހިފެހެއްޓި ސިނގިރޭޓުގެ 13.6 މިލިއަނަށް ވުރެ މައްޗަށެވެ. މިއީ 40 ފޫޓުގެ ދެ ކޮންޓެއިނަރު ސިނގިރެޓެވެ. އެއީ 1،360 ކޭސް ސިނގިރޭޓެވެ. މިތަކެތި ބަހައްޓާފައި ހުރީ އެމްޕީއެލް ހުޅުމާލެ ޕޯޓުގަ އެވެ. ސިނގިރޭޓް ނެތްކަން އެނގުނީ ރޭގެ ވަގުތެއްގަ އެވެ. އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މި މައްސައާ ބެހޭ ގޮތުން އެމްޕީއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައިވާ ދެ ކޮންޓެއިނަރެއްގައި ހުރި ދުންފަތުގެ ބާވަތެއް އެމްޕީއެލްގެ ހުޅުމާލެ ޓާމިނަލްއިން ގެއްލިފައިވާ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިން ދަނީ ތަހުޤީޤުކުރަމުންނެވެ.
"މި މައްސަލައަކީ ފުލުހުންގެ ތަޙްޤީޤުގެ މަރުޙަލާގައިވާ މައްސަލައަކަށްވުމާއެކު، މިކަމާ ގުޅޭ އިތުރު ތަފްސީލެއް މި ވަގުތު ހއްސާކުރެވެން ނެތް ވާހަކަ ދަންނަވަމެވެ،" އެ ކުންފުނިން ބުނެފައިވެ އެވެ.
މީގެ އިތުރުން އެ ކުންފުނިން ބުނީ މި މައްސަލައާ ގުޅިގެން އެމް.ޕީ.އެލްގެ ކަމާގުޅުންހުރި ޑިޕާޓްމަންޓްތަކުންވެސް އެތެރޭގެ ތަހްގީގެއް ކުރިއަށްގެންދާކަމަށާ މި މައްސަލައިގެ ތަހުގީގް ނިމުމުން، ތަހްގީގް ރިޕޯޓާއި އެއްގޮތަށް އެމްޕީއެލް އިން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ތަންފީޒުކުރާނެ ކަމަށެވެ.