ގެއަޅަން ދޭ ހިޔާވަހި ފައިނޭންސިން ލޯނުތައް ބީއެމްއެލްއިން އެޕްރޫވް ކުރަން ފަށައިފި

ބީއެމްއެލް އިން ބުނީ ބޭންކުން މިހާރު ވެސް ދަނީ 1،400 އަށްވުރެ ގިނަ އެޕްލިކޭޝަން ބަލައި، ޕްރޮސެސް ކުރަމުން ގެންދާ ކަމަށާ ފައިނޭންސިން އަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުން ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ސްޓޭޓަސް ފެންނާނެ އެވެ.

ބީއެމްްއެލް ސީއީއޯ ޝަރީފު ހަފުލާއެއްގައި ވާހަކަ ދައްކަވަނީ -- ބީއެމްއެލް

ގެދޮރު އަޅަން ލުއި ފަސޭހަކޮށް ލޯނު ދޫކުރުމުގެ ގައުމީ ލޯނު ސްކީމް "ހިޔާވަހި" ސްކީމްގެ ދަށުން ބީއެމްއެލްއިން ދޭ ލޯނުތައް އެޕްރޫވްކުރަން ފަށައިފި އެވެ. 

ހިޔާވެހި ފައިންނޭންސިން ސްކީމުގެ ޕްރޮޖެކްޓްތައް އެޕްރޫވް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ސަރުކާރުން ސަބްސިޑީ ދީގެން ހިންގާ ހިޔާވެހި ފައިނޭންސިން ސްކީމަކީ ގެދޮރު އިމާރާތް ކުރުމަށް ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓުކަމަށްވާ %5 ގެ ރޭޓުގައިފައިނޭންސިންގ ދޫކުރުމަށް ފަރުމާކޮށްފައިވާ ސްކީމެކެވެ.

މި ސްކީމުގެ ދަށުން ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް ދުވަހަށް ބަހާލެވޭ (18 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމަނައިގެންނެވެ. އިކުއިޓީގެ ގޮތުގައި ހަމަޖައްސަންޖެހޭ %20 ކަސްޓަމަރަށް ނުވަތަ ސަރުކާރު މެދުވެރިކޮށްވެސް ހަމަޖެއްސޭނެ
އިމާރަތް ކުރާ ތަން ފިޔަވާ އިތުރު ރަހުނެއް ބޭނުމެއް ނުވެ އެވެ.

ބީއެމްއެލް އިން ބުނީ ބޭންކުން މިހާރު ވެސް ދަނީ 1،400 އަށްވުރެ ގިނަ އެޕްލިކޭޝަން ބަލައި، ޕްރޮސެސް ކުރަމުން ގެންދާ ކަމަށާ ފައިނޭންސިން އަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުން ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ސްޓޭޓަސް ބަލައިލެވޭނެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މޭނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުންނާއި ގައުމީ ބޭންކުގެ ހައިސިއްޔަތުން، ބީއެމްއެލްއަކީ މި ގައުމުގެ ކޮންމެ ރައްޔިތެއްގެ ދިރިއުޅުމާ ގުޅިފައިވާ ބޭންކެއް. ގައުމީ ބޭންކުގެ ހައިސިއްޔަތުން އަޅުގަނޑުމެން ނަގަންޖެހެނީވެސް ވަރަށް ބޮޑު ޒިންމާއެކެވެ. 4

"ރައްޔިތުންނަށް ފައިދާކުރަނިވި މަޝްރޫޢުތަކަށް އެހީތެރިވުމުގެ ޒިންމާ. ބޭންކުގެ ކުރިއެރުމަކީ ގައުމުގެ ކުރިއެރުމާ ވަކިން އޮތް ކަމެއް ނޫން. ހަގީގީ މަންޒަރަކީ ބީއެމްއެލްގެ ދުޅަހެޔޮކަމާއި ކުރިއެރުން ގުޅިފައިވަނީ ދިވެހި އިގްތިސާދާކަން. އެހެންކަމުން ހިޔާވެހި ފައިނޭންސިންގ ސްކީމް ތައާރަފުކުރުމާއެކު، މިއީ ގައުމީ ބޭންކުން އެހީތެރިވާންޖެހޭ ކަމެއްކަމަށް އަޅުގަނޑުމެން ނިންމިން. އަޅުގަނޑުމެންނަކީ އަބަދުވެސް މުހިންމު ގައުމީ މަޝްރޫޢުތަކުގައި ހަރަކާތްތެރިވާ ބޭންކެއް،" ޝަރީފު ވިދާޅުވި އެވެ،

ފަސް އިންސައްތައަށްވުރެ ކުޑަ އިންޓަރެސްޓުގައި ގެދޮރު އެޅުމަށް ބޭނުންވާ ލޯނުތައް ދޫކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް އެ ސްކީމު ހިންގުމަށް 2025 ވަނަ އަހަރުގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ހިމަނާފައިވާއިރު އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު މި ޕްރޮގުރާމު ހިންގުމަށް ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ހިމަނުއްވާނެކަން ރައީސް އިއުލާނު ކުރައްވާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.