ބީއެމްއެލް ކްލެސިކް ކާޑާއި ގޯލްޑް އަދި ޕްލެޓިނަމް ކާޑުގެ ޑޮލަރު ލިމިޓް މަތި ކުރަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ވިދާޅުވި ގޮތުގައި ކްލެސިކް ކާޑުގެ ލިމިޓް 1400 ޑޮލަރަށް އަދި ގޯލްޑް ކާޑުގެ ލިމިޓް 1500 ޑޮލަރަށް، އަދި ޕްލެޓިނަމް ކާޑުގެ ލިމިޓް 2000 ޑޮލަރަށް ބޮޑު ފެބްރުއަރީ މަހު މަތިކުރާނެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ބީއެމްއެލް އޭޓީއެމް ހިދުމަތް ފައްޓަވައި ދެއްވަނީ -- ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ މަތީ ލިމިޓް ހިމެނޭ ތިން ކާޑު ކަމަށްވާ "ކްލެސިކް" އާއި "ގޯލްޑް" އަދި "ޕްލެޓިނަމް" ކްރެޑިޓް ކާޑުގެ ޑޮލަރު ލިމިޓް ފެބްރުއަރީ މަހު މަތިކުރާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު އެކްސްގައި ވިދާޅުވި ގޮތުގައި ކްރެޑިޓް ކާޑް އިން މަހަކު ބޭނުންކުރެވޭ ޑޮލަރު ލިމިޓު ބޮޑު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އަންނަ އަހަރުގެ ފެބްރުއަރީ މަހުން އިން ބީއެމްއެލް ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1400 ޑޮލަރަށް އަދި ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް، އަދި ޕްލެޓިނަމް ކާޑުގެ ލިމިޓް 1500 ޑޮލަރުން 2000 ޑޮލަރަށް ބޮޑު ކުރެވިގެންދާނެ އެވެ. 

ކާޑުތަކުގެ ޑޮލަރު ލިމިޓް މަތި ކުރަމުން ގެންދަނީ ރާއްޖޭގެ މަނިޓަރީ ސިޔާސަތު ތަންފީޒު ކުރަން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އަޅަން ފެށި ފިޔަވަޅުގެ ދަށުން، ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރަން ފެށުމުންނެވެ. 

މި ބަދަލު ގެނައުމަށްފަހު ކާޑްތަކުގެ ލިމިޓް މަތިކުރާނެކަން ރައީސް ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި މިބަދަލާއެކު އެމްއެމްއޭއިން ވަނީ ބޭންކްތަކަށް ދޫކުރާ ޑޮލަރު އިތުރުކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން ބީއެމްއެލްއިން ވަނީ ޓީޓީ ހަދަން ދޫކުރާ ޑޮލަރުގެ އަދަދު އިތުރުކޮށްފަ އެވެ. 

ބޭންކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ވިޔަފާރިތަކުން މުދާ އެތެރެ ކުރަން ޓީޓީ ހަދަން މިދިޔަ އަށް މަހު 73 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.1 ބިލިއަން ޑޮލަރު) ވަނީ ވިއްކާފަ އެވެ. ބީއެމްއެލް އިން އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ ޑިސެމްބަރު މަހުގެ ނިޔަލަށް ވިއްކާފައިވަނީ 69 މިލިއަން ޑޮލަރެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް 73 މިލިއަން ޑޮލަރު ވަނީ ވިއްކާފަ އެވެ. މިދިޔަ އަހަރު ޓީޓީ ހަދަން ވިޔަފާރިތަކުން އެދުނު އަދަދުގެ ތެރޭން ދޫކުރެވިފައިވަނީ 10-5 ފަސެންޓެވެ. ނަމަވެސް މި އަހަރު ޓީޓީ ހަދަން ދޫކުރި އަދަދުން 50-30 ޕަސެންޓުގެ އަދަދެއް ވަނީ ދޫކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.