އުދައްޔުގެ މަރު: ޝަމީމާއި މާޒިން މަރަން ހުކުމް ކޮށްފި

މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި އުދައްޔު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ އުފުލާފައިވާ މާޒިން އާއި ޝަމީމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވެ އެވެ. އަދި އެ ދައުވާ ޝަރަފުގެ މައްޗަށް ސާބުތުނުވާ ކަމަށް ކަނޑައަޅާފައިވެ އެވެ

އުދައްޔު މަރާލި މައްސަލައިގައި ދައުވާ ލިބޭ ތިން މީހުން

ގއ. މާމެންދޫގައި ގުރޫޕް މާރާމާރީ ހިންގައި އެ ރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު މަރާލުމުގައި ބައިވެރިވިކަން، ސާބިތުވި ދެ މީހުން މަރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

މި މަރުގެ ދައުވާ ލިބެނީ ގއ. މާމެންދޫ ރިހިފަރުދާގެ، އަހްމަދު ޝަމީމާއި އެ ރަށު ބިލަތްމާގެ، ޝަރަފް ރަޝީދު އަދި ގުލްފާމުގެ، މުހައްމަދު މާޒިން އަށެވެ. މީގެ އިތުރުން މި މައްސަލައިގައި 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ވެސް ހިމެނެ އެވެ. އެ ކުއްޖާގެ މައްޗަށް ވަނީ އުދައްޔު މަރައިލިކަން ސާބިތު ވެފަ އެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި އުދައްޔު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ އުފުލާފައިވާ މާޒިން އާއި ޝަމީމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވެ އެވެ. ނަމަވެސް އެ ދައުވާ ޝަރަފުގެ މައްޗަށް ސާބުތުނުވާ ކަމަށް ކަނޑައަޅާފައިވެ އެވެ.

ޝަރަފުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅީ، އެރޭ ހިނގި މާރާމާރީގައި ތޫނު އެއްޗެއް ބޭނުން ކޮށްގެން އުދައްޔުގެ ބޭބެ، ފިރުޝާން ޒާހިރާމެދު މާރާމާރީ ހިންގުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު މި މައްސަލައިގެ ހުކުމް އިއްވުމަށް ބޭއްވި އަޑުއެހުމުގައި، ޝަމީމް އާއި މާޒިންގެ މައްޗަށް އިއްވާފައި ވަނީ މަރުގެ އަދަބެވެ. އެގޮތަށް ހުކުމް ކުރެއްވީ، މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ވާރިސުން ބޭނުންވާތީ ކަމަށް ގާޒީ އަލީ ނަދީމް ވިދާޅުވި އެވެ.

އަދި މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގައި މާޒިން 10 އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ. ޝަރަފުގެ މައްޗަށް ސާބިތުވި ކުށަށް އިއްވާފައި ވަނީ ހަތް އަހަރުގެ ޖަލު ހުކުމެކެވެ.

ދައުވާތަކާމެދު ގޮތް ނިންމަވަމުން ގާޒީ މީގެ ކުރިން ފާހަގަކުރައްވާފައިވާ ގޮތުގައި، އުދައްޔު މަރުވި ހަމަލާ ދީފައިވަނީ މައްސަލައިގައި ހިމެނޭ ކުޑަކުއްޖާ ކަމަށް ވީ ނަމަވެސް، އޭނާއާއެކު އެއް ޖަމާއަތެއްގެ ގޮތަށް އެކަކު އަނެކަކަށް ވާގިދީ އެހީތެރިކަންދޭ އުސޫލުން މާޒިންއާ ޝަމީމް ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި، މި ތިން މީހުންވެސް އުދައްޔުއާމެދު މާރާމާރީ ހިންގުމުގައި އުޅެފައިވާކަން ގާޒީ ވަނީ ފާހަގަކުރައްވާފަ އެވެ.

ޝަރަފުގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކަނޑައެޅީ އުދައްޔުއާމެދު މާރާމާރީ ހިންގި ކަމުގެ އެއްވެސް ހެއްކެއް ނެތުމުން ކަމަށް ވަނީ ނިންމާފަ އެވެ. އެގޮތުން، ޝަރަފު އެވަގުތު އެތާ ހުރީ އޭނާ އިން ސައިކަލުގައި އުދައްޔުގެ ބޭބެ ފައިން ޖަހައި ވައްޓައިލުމުގެ ސަބަބުން ކަމަށާއި، އަދި އުދައްޔުއާ މާރާމާރީ ހިނގަމުންދިޔަ ވަގުތު އޭނާ ހިނގާފައި ގޮސް އެ ސަރަހައްދުގައި ހުރި ގެއަކަށް ވަތްކަން ހެކިތަކުން އެނގެން އޮންނަ ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންކަމުން މާރާމާރީ ހިނގި ސަރަހައްދުގައި އެ ވަގުތު ޝަރަފު ހުރީ އެހެން މީހަކު ކުރި އަމަލެއްގެ ނަތީޖާގެ ސަބަބުންކަން އެނގޭ ކަމަށް ގާޒީ ފާހަގަކުރެއްވި އެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ފިރުޝާންއާމެދު މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާ ޝަމީމުގެ މައްޗަށް އުފުލި ނަމަވެސް އެކަން އެއްވެސް ހެއްކަކުން އެނގެން ނެތުމުން، އޭނާގެ މައްޗަށް އެ ދައުވާ ސާބިތުނުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.