މާފުށި ޓޫރިޒަމް އެހެން ލެވަލަކަށް | މޫދުގައި ދެ އޯވަވޯޓާ ރެސްޓޯރެންޓް

މި އެއްބަސްވުމުގެ ދަށުން މޭނާ ކުންފުނިން މާފުށީ އިރުމަތި ފަރާތުގައި އޯވަވޯޓާ ދެ ރެސްޓޯރެންޓް އައި ހިންގާނެ އެވެ. އަދި މޭނާ އިން މާފުށީގައި މޫދަށް އެރޭ ސަރަހައްދެއް ތަރައްގީކޮށް އިތުރު ވަސީލަތްތަކެއް ގާއިމް ކުރާނެ އެވެ.

މާފުށި ކައުންސިލް އާއި މޭނާ ކުންފުންޏާ ދެމެދު އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތު -- މާފުށި ކުންފުނި

މާފުށީގެ ޓޫރިޒަމް އެހެން ލެވަލްއަކަށް ގެންގަން މާފުށީ ކައުންސިލް ކުންފުނިން އެ ރަށުގައި ދެ އޯވަވޯޓާ ރެސްޓޯރެންޓް އަޅަން މޭނާ ކުންފުންޏާ ހަވާލުކޮށްފި އެވެ. 

މާފުށީގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މާފުށީ ލޯކަލް އޮތޯރިޓީ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސަލްމާން ރަޝީދެވެ. މި މަސައްކަތް ހަވާލުކުރީ ފުލުހުންނަށް ކޭޓަރިންގެ ހިދުމަތް ދިނުމުގެ އިތުރު މި ވިޔަފާރީގައި މަޝްހޫރު މޭނާ ކުންފުނީގެ ވެރިޔާ އަލީ ޝާތިރު (މޭނާ އަލިބެ) އެވެ. 

މި އެއްބަސްވުމުގެ ދަށުން މޭނާ ކުންފުނިން މާފުށީ އިރުމަތި ފަރާތުގައި އޯވަވޯޓާ ދެ ރެސްޓޯރެންޓް އައި ހިންގާނެ އެވެ. ޖެޓީއެއް ލައި މޫދުގައި އަޅާ މި ރެސްޓޯރެންޓް ވެގެންދާނީ ރާއްޖޭގެ ރަށެއްގައި މިގޮތަށް މިހާ ރަށާ ދުރުގައި އަޅާ ފުރަތަމަ އޯވަވޯޓާ ރެސްޓޯރެންޓަށެވެ. 

މި މަޝްރޫއު މޭނާ ކުންފުންޏަށް ހަވާލު ކުރުމުން އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ގޮތުގައި މާފުށީ ރައްޔިތުން ބޭނުންވާނެ ގިނަ ކަންތައްތަކެއް ފުރިހަމަކޮށްދޭނެ އެވެ. މިގޮތުން މާފުށީގެ އާއްމުން މޫދަށް އެރޭނެ ސަރަހައްދެއް ޒަމާނީ ފެންވަރަށް ތަރައްގީކޮށްދޭނެ އެވެ. މި ތަން ތަރައްގީ ކުރަނީ ވޯޓާ ޕާކެއްވެސް ހިމެނޭ ގޮތަށެވެ. އަދި އިސް ރަަށްވެހިންނަށް މޫދަށް ފޭބޭނެ ގޮތަށް ވަސީލަތް ފައްކާ ކުރާނެ އެވެ. 

ލާމަރުކަޒި ގާނޫނުގެ ދަށުން ހުޅުވުނު ފުރުސަތުތަކާއެކު މާފުށި ކައުންސިލް ކުންފުނި، މާފުށީ ލޯކަލް އޮތޯރިޓީ ކޮމްޕެނީ (އެމްއެލްއޭސީ) އުފެއްދީ 18 މަސް ކުރީގަ އެވެ. މިހާތަނަށް ވަނީ މާފުއްޓަށް ގިނަ ކަންތައްތަކެއް އެ ކުންފުނިން ކޮށްދީފަ އެވެ. އަދި އަމިއްލަ ފައިމައްޗަށް ކުންފުނި ނަގަން ގިނަ އިންވެސްޓްމަންޓްތަކެއްވެސް ދަނީ ކުރަމުންނެވެ. މިގޮތުން އެންމެފަހުން އެ ކުންފުނިން ކުރި އިންވެސްޓްމަންޓަކީ ވެލިއަޅާނެ ބާޖެއް ގެނައުމެވެ. މި ބާޖާއެކު ރާއްޖޭގެ އެކި ހިސާބުތަކުން އެ ކުންފުންޏަށް ވަނީ މަސައްކަތް ލިބެން ފަށާފަ އެވެ. މީގެ އިތުރުން ޕަބްލިކް ޕްރައިވެޓް ޕާޓްނާސްގެ ދަށުން ކައުންސިލް އިދާރާ ފަސް ބުރިއަށް ގެނުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.