ރަސްމިއްޔާތަށް ވަޑައިނުގެންނެވިޔަސް، އާ ޓާމިނަލަށް ޔާމީނާއި އިބޫގެ ދައުރަށް ޝުކުރު

ޓާމިނަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވި ގޮތުގައި، ވީއައިއޭގެ މަސައްކަތަކީ ގާތްގަނޑަކަށް 10 އަހަރުގެ މަސައްކަތަކަށްވާތީ، ވަރަށް ގިނަ ބަޔަކަށް އެކަމުގެ ޝުކުރު ހައްގުވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތުގައި ކުރީގެ ދެ ސަރުކާރުން އަދާ ކުރި ދައުރު ފާހަގަކުރައްވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިބްރާހިމް މުހައްމަދު ސޯލިހުއަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ޝުކުރު އަދާކުރައްވައިފި އެވެ.

ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ކުރީގެ ހުރިހާ ރައީސުންނަށް އެއާޕޯޓު ހިންގާ އެމްއެސީއެލުން ވަނީ ދައުވަތު އަރުވައިފަ އެވެ.

ނަމަވެސް، އެ ރަސްމިއްޔާތަށް ވަޑައިގެންނެވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު އެވެ.

ޓާމިނަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވި ގޮތުގައި، ވީއައިއޭގެ މަސައްކަތަކީ ގާތްގަނޑަކަށް 10 އަހަރުގެ މަސައްކަތަކަށްވާތީ، ވަރަށް ގިނަ ބަޔަކަށް އެކަމުގެ ޝުކުރު ހައްގުވެ އެވެ. 

"ހާއްސަކޮށް މި މަސައްކަތް ފެށިގެން އައީ ރައީސް ޔާމީނުގެ ވެރިކަމުގައި ކަމަށްވާތީ އެމަނިކުފާނަށާއި ދެން އެއަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައިވާތީ މި ދެ ރައީސުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

މި ސަރުކާރު ހަވާލުވިއިރު، ޓާމިނަލްގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ތަފްސީލަށް ވަޑައިނުގަންނަވާ، ރައީސް އެ ކަން ދޫކޮށްލެއްވީ، އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް އިބްރާހިމް އޭގެ ކުރިން ދެއްވި ތަފްސީލަށެވެ. 

ރައީސްގެ ކުރިން ވާހަކަ ދައްކަވަމުން، ޝަރީފް ވިދާޅުވި ގޮތުގައި، މި ސަރުކާރު ހަވާލުވި އިރު، އާ ޓާމިނަލްގައި ނިމިފައިވަނީ އެންމެ 30 ޕަސެންޓު މަސައްކަތެވެ.

އަދި މި ސަރުކާރުން އެންމެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި، 70 ޕަސެންޓު މަސައްކަތް ނިންމައި، އާ ޓާމިނަލް މިރޭ ހުޅުވިގެންދާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އާ ޓާމިނަލް މިރޭ ހުޅުވާފައި ވަނީ ޑްރޯން ޝޯ އަކާއި ހަ މިނެޓަށް މުޅި މާލެ ވަށައިގެން ހަވާއެރުވުމަށްފަހު އެވެ. ޓާމިނަލް ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ޓާމިނަލް ހުޅުއްވުމަށްފަހު ރައީސްގެ ދެކަނބަލުން ވަނީ ޓާމިނަލް ބައްލަވާލައްވާފަ އެވެ.

މި ޓާމިނަލް ނިންމަން ދައުލަތުން ގާތްގަނޑަކަށް 457 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ) ގެ ލޯނު ނަގާފައިވެ އެވެ. މި ޓާމިނަލް ނިންމަން އެންމެ ބޮޑު އެހީތެރިކަމެއް މާލީ ގޮތުން ދީފައިވަނީ ސައޫދީ އަރަބިއްޔާއަށް ނިސްބަތްވާ ސައޫދީ ފަންޑުންނެވެ. ސައޫދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕާ ހަވާލުކޮށްގެން ތަރައްގީ ކުރާ މި ޓާމިނަލް ނިންމަން ސައޫދީ ފަންޑުން 217 މިލިއަން ޑޮލަރުގެ ލޯނު ދީފައިވެ އެވެ. އަދި ދެވަނައަށް އެންމެ ގިނައިން ލޯނު ދިން ކުވެއިތު ފަންޑުން 100 މިލިއަން ޑޮލަރުގެ ލޯނު ދީފައިވެ އެވެ. އަދި އަބޫދާބީ ފަންޑުން 90 މިލިއަން ޑޮލަރު އަދި ކުވެއިތު ފަންޑުން 100 މިލިއަން ޑޮލަރުގެ ލޯނު ދީފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.