ބީއެމްއެލްއިން އެސްއެމްއީ ބޭންކް ގަނެ، ލޯނު ދިނުން ވަރުގަދަ ކުރަނީ

ބީއެމްއެލްގެ ޕްރޮޕޯސަލްގައިވާ ގޮތުން ފުރަތަމަ އަހަރު ބައި ބިލިއަން ރުފިޔާގެ ލޯނު ދޭނެ އެވެ. އަދި tިތިން އަހަރުދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރާނެ އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދަވާފައިވާ އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފ.ސީ)ގައި އޮންނަ ސަރުކާރުގެ ހިއްސާ ގައުމީ ބޭންކް، ބީއެމްއެލް އިން ގަނެ، ލޯނު ދިނުން ވަރުގަދަ ކުރަން ނިންމައިފި އެވެ. 

ބީއެމްއެލް އިން ސަރުކާރަށް ހުށަހެޅި ހުށަހެޅުން ދިރާސާ ކުރުމަށްފަހު ގެނައި މި ބަދަލާ ބެހޭ ގޮތުން ރައީސް އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމީ، އެސްޑީއެފްސީގެ ހިއްސާ ގަތުމުގެ ޝައުގުވެރިކަން ފައުޅުކޮށް ބޭންކުން ހުށަހަޅާފައިވާ ޕްރޮޕޯސަލަކާ ގުޅިގެން، މިކަމުގެ ސަބަބުން އަންނާނެ ހެޔޮ ބަދަލުތަކާމެދު ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ ދިރާސާ ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ.

ސަރުކާރުން ބުނީ މި ބަދަލު ގެނައީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަކީ ހުއްޓުމެއްނެތި އަބަދު ވެސް ކުރިއަށް ގެންދިއުމަށް ސަރުކާރުން ބޭނުންވާ ކަމަކަށް ވާތީ ކަމަށެވެ. އަދި، އެސްޑީއެފްސީގެ ހިއްސާ ބީއެމްއެލްއަށް ވިއްކުމުން، އެތަނުގެ މާލީ ގާބިލްކަމުގެ ތެރެއިން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުއްޓުމެއްނެތި އަބަދު ވެސް ލޯނު ލިބެމުން ދާނެ ކަމަށެވެ.

ފުރަތަމަ އަހަރު ބައި މިލިއަން ރުފިޔާގެ ލޯނު

އެސްޑީއެފްސީ ގަތުމަށްފަހު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ލޯން، އަދި ފަސް އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ބީއެމްއެލް އިން ހުށަހަޅާފައިވެ އެވެ. އަދި ބިޒްނަސް ސްޓާޓްއަޕްސް ތަކަށް އަމާޒުކޮށްގެން ކުރިއަށް އޮތް ތިން އަހަރުދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރުމަށް ވެސް ވަނީ ނިންމަވާފަ އެވެ.

މި ބަދަލާއެކު އެސްޑީއެފްސީ ހިންގާނީ ޝަރީއާގެ އުސޫލުން މާލީ މުއާމަލާތްތައް ކުރާ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޓެއްގެ ގޮތުގަ އެވެ. އަދި ދުނިޔޭގައި މިހާރު އެންމެ ކުރިއަރަމުން އަންނަ ޑިޖިޓަލް ބޭންކިންގެ ނިޒާމުގެ ތެރެއިންނެވެ.

އިންޓްރެސްޓް ބޮޑެއް ނުވާނެ، ހިންގުން ހަރުދަނާވާނެ

ސަރުކާރުން ބުނީ މި ބަދަލާއެކު އެތަން ބީއެމްއެލްގެ ދަށުން ހިންގި ނަމަވެސް، އެސްޑީއެފްސީ އިން ކުދި އަދި މެދުފަންތީގެ ލޯންތައް ދޫކުރަމުން ދާނީ މިހާރުގެ އިންޓަރެސްޓް ރޭޓްތަކަށްވުރެ ބޮޑު ނުވާ ގޮތަށް ކަމަށެވެ. އަދި، މާލީ މުއާމަލާތްތައް ބައްޓަން ކުރަމުންދާނީ، ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދީ، ވިޔަފާރިތަކުގެ މާލީ ގާބިލުކަމާއި ތިޔާގިކަން އިތުރުކުރެވޭނެ ގޮތަށް ކަމަށެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ މި ނިންމުމާ އެއްގޮތަށް ކަންކަން ހަމަޖެހިގެން ދިއުމުން، ބީއެމްއެލްގެ ނެޓްވޯކް މެދުވެރިކޮށް މުޅި ރާއްޖެއަށް އެސްއެމްއީ ޑިޖިޓަލް ފައިނޭންސިންގެ ހިދުމަތް ފުޅާވެގެން ދާނެ އެވެ. އަދި އެސްޑީއެފްސީގެ ސިސްޓަމްތައް ޑިޖިޓަލައިޒްކޮށް އޮޓޮމޭޓްކުރުމުން، މެނުއަލް މަސައްކަތްތައް މަދުވެ، ލޯންތައް ޕްރޮސެސްކުރުން އަވަސްވެ، މުޅި އެސްޑީއެފްސީގެ އެފިޝަންސީ ރަނގަޅުވާނެ އެވެ. ބީއެމްއެލް އަކީ ޕަބްލިކް ކުންފުންޏަކަށް ވާތީ، އެ ކުންފުނީގެ ބެލެނިވެރިކަމާއެކު އެސްޑީއެފްސީގެ ގަވަނަންސް ވެސް ހަރުދަނާވެ، ރޭވުމާއި، ހިންގުމާއި، ޚިދުމަތް ދިނުމުގައި ގެންގުޅޭ އުސޫލުތައްވެސް ހަރުދަނާވެގެން ދާނެ ކަމަށް ސަރުކާރުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.