4،000 ފްލެޓް ހަވާލުކުރަން ތައްޔާރުވެއްޖެ، އެގްރިމެންޓްގައި ސޮއިކުރަންވީމައި ޕޯޓަލްއިން އެނގޭނެ

އެއްބަސްވުމުގައި ސޮއިކުރުމަށް އެފްޑީސީއަށް ފޮނުވާ ފަރާތްތަކަށް "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް އެކަން އެންގޭނެ ކަމަށާއި، އެގޮތަށް ޕޯޓަލްއިން ނާންގާ ފަރާތްތަކަށް މިނިސްޓްރީއިން ނުވަތަ އެފްޑީސީ އިން ނުގުޅާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅާ ފްލެޓްތައް

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފްލެޓް ލިބޭ މީހުންނާއެކު އެގްރިމެންޓްގައި ސޮއިކުރަންވުމުން "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް އެކަން އެނގޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބުނު ފަރާތްތަކާއެކު އެގްރިމެންޓްގައި ސޮއިކުރުމާއި އެފަރާތްތަކަށް ފްލެޓު ހަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ފްލެޓު ލިބުނު ފަރާތްތަކުގެ މައުލޫމާތު ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އާއި ހިއްސާކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ފަށާފައިވާ ކަމަށެވެ.

އެ އިއުލާނުގައި ބުނީ ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ފްލެޓްތަކުގެ މަސައްކަތް ނިމި، ހަވާލުކުރުމަށް ތައްޔާރުކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެން ކަމަށެވެ. އަދި ފްލެޓް ލިބުނު ފަރާތްތަކާއެކު އެގްރިމެންޓްގައި ސޮއިކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މުއާމަލާތްތައް ކުރިއަށް ގެންދާނީ އެފްޑީސީން ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް އެފްޑީސީއަށް ފޮނުވާ ފަރާތްތަކަށް "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް އެކަން އެންގޭނެ ކަމަށާއި، އެގޮތަށް ޕޯޓަލްއިން ނާންގާ ފަރާތްތަކަށް މިނިސްޓްރީއިން ނުވަތަ އެފްޑީސީ އިން ނުގުޅާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

"އެފަދަ ފޯނު ކޯލުތަކާއި އެސްއެމްއެސްތަކަށް ހުރިހާ ރައްޔިތުން ސަމާލުވުމަށް މި ފުރުސަތުގައި އިލްތިމާސްކުރަން،" މިނިސްޓްރީން ބުންޏެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހަދަން ފެށި 4000 ފްލެޓް ލިބޭ މީހުން އެ ސަރުކާރު ނިމުމުގެ ކުރިން އޮތީ ކަނޑައަޅައިފަ އެވެ. މި ސަރުކާރުން އެ ލިސްޓު ބާތިލުކޮށް، މިދިޔަ ފެބްރުއަރީ މަހު ވަނީ އާ ލިސްޓެއް ނެރެފަ އެވެ. އެ ލިސްޓުގައި ފުލެޓު ލިބުމަށް ޝަރުތުހަމަވާ ކަމަށް ކަނޑައަޅާފައި އޮތީ 1،820 މީހުންނެވެ. ނަމަވެސް އެ ނިންމުން ބަދަލުކޮށް، ކުރީގެ ލިސްޓަށް ފުލެޓް ދޭން މިހާރު ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.