ޔާމީން ގެއްލިފައި ވަނީ މިމަހުގެ 11 ވަނަ ދުވަހުގެ 21:25 ހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަ ފަހުންނެވެ. އޭނާ ވީނުވީ ތަނެއް ނޭންގިގެން އާއިލާގެ ފަރާތުން ފުލުހަށް މައްސަލަ ހުށަހެޅީ މިމަހުގެ 14 ވަނަ ދުވަހު އެވެ.
މާލޭން ގެއްލިގެން އުޅޭ ގ. ގާނެޓް، ހަސަން ޔާމީން، 30، ގެއްލުނުތާ ހަފްތާއެއްވެފައިވާއިރު، އަދިވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ޔާމީން ގެއްލިފައި ވަނީ މިމަހުގެ 11 ވަނަ ދުވަހުގެ 21:25 ހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަ ފަހުންނެވެ. އޭނާ ވީނުވީ ތަނެއް ނޭންގިގެން އާއިލާގެ ފަރާތުން ފުލުހަށް މައްސަލަ ހުށަހެޅީ މިމަހުގެ 14 ވަނަ ދުވަހު އެވެ.
ޔާމީން ހޯދުމަށް މިހާތަނަށް ކުރި މަސައްކަތްތައް ބަޔާންކޮށް ފުލުހުން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނީ؛
އެބަޔާނުގައި ފުލުހުން ބުނީ ޔާމީން ގައުމުން ބޭރަށް ގޮސްފައި ނުވާކަން ވެސް ކަމާ ގުޅުން ހުރި އިދާރާތައް މެދުވެރިކޮށް ކަށަވަރުކޮށްފައިވާ ކަމަށެވެ.
"ހަސަން ޔާމީން ހޯދުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތުން ކުރެވެން ހުރި އެންމެހައި މަސައްކަތްތައް މެދުނުކެނޑި ދަނީ ކުރަމުން،" ފުލުހުން ބުންޏެވެ.
ޔާމީނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅިގެން ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަން ނަންބަރު 9400053 އަށް ގުޅައިގެން މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.