ގެއްލިގެން ހޯދަނީ ގ. ގާނެޓް، ހަސަން ޔާމީން، 30، އެވެ. ފުލުހުން ބުނީ މިމަހުގެ 11 ވަނަ ދުވަހުގެ ރޭ 21:25 ހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން އާއިލާއަށް ހަބަރެއް ނުވާ ކަމަށެވެ.
ގެއްލިގެން ހޯދަނީ ގ. ގާނެޓް، ހަސަން ޔާމީން، 30، އެވެ. ފުލުހުން ބުނީ މިމަހުގެ 11 ވަނަ ދުވަހުގެ ރޭ 21:25 ހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން އާއިލާއަށް ހަބަރެއް ނުވާ ކަމަށެވެ.
އޭނާގެ ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހަށް މައްސަލަ ހުށަހަޅާފައި ވަނީ މިމަހުގެ 14 ވަނަދުވަހުގެ ރެ އެވެ. އެޔާއެކު ފުލުހުން ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
"ހަސަން ޔާމީންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން،" ފުލުހުން އެދިފައިވެ އެވެ.