މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންދިޔަ އެވެ. އެތަނުން މަރުވެފައިވާ 17 އަހަރުގެ އަލްސަން އަކީ އަޝްފާ އަދި ތޭރަވާގެ ހުރި ހަމައެކަނި ދަރި އެވެ.
މިރޭ މާލޭގައި ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓްގައި މަރުވެފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ދަރިފުޅު ޔޫސުފް އަލްސަން، 17، ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވުމުގެ ސަބަބުން ޒިބްރާ ކްރޮސްއިން ދިޔަ މީހެއްގެ ގައިގައި ޖެހިފަ އެވެ. ފުލުހުން ބުނީ ޒިބްރާ ކްރޮސް އިން މަގު ހުރަސް ކުރި މީހާ ގައިގައި ސައިކަލުން ޖެހި އަދި އެތަނުން ދަތުރުކުރި ޕިކަޕެއްގައި އެ ސައިކަލު ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންދިޔަ އެވެ. އެތަނުން މަރުވެފައިވާ 17 އަހަރުގެ އަލްސަން އަކީ އަޝްފާ އަދި ތޭރަވާގެ ހުރި ހަމައެކަނި ދަރި އެވެ.
އަލްސަންއާއެކު އެ ސައިކަލުގައި ދެން އިނީ 16 އަހަރުގެ ކުއްޖެކެވެ. އެ ކުއްޖާގެ ހާލު ވެސް ވަރަށް ސީރިއަސްއިރު، މި އެކްސިޑެންޓްގައި ދެން އަނިޔާވި އުމުރުން 40 އަހަރުގެ މީހާގެ ހާލު ވެސް ސީރިއަސް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. އެމީހާ އަކީ މަގު ހުރަސް ކުރަން އުޅުނު މީހާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ދެ ފަންނާނުންގެ ހަމައެކަނި ހުރި ދަރިފުޅަށް 17 އަހަރުން ފުރުން ފާހަގަކޮށްފައި ވަނީ މިދިޔަ މޭ މަހު އެވެ.