މިރޭގެ ނުރައްކާތެރި އެކްސިޑެންޓް؛ ކުއްޖަކު މަރުވެއްޖެ

މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންދިޔަ އެވެ. އެތަނުން 17 އަހަރުގެ ކުއްޖާ މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އަނިޔާވި އަނެއް ދެ މީހުންގެ ހާލު ސީރިއަސް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް --

މާލޭގެ މާފަންނުގައި ހުންނަ ބަސް ޓާމިނަލް ކުރިމަތީގައި މިރޭ ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި އެކަކު މަރުވެއްޖެ އެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވުމުގެ ސަބަބުން ޒިބްރާ ކްރޮސްއިން ދިޔަ މީހެއްގެ ގައިގައި ޖެހިފަ އެވެ. ފުލުހުން ބުނީ ޒިބްރާ ކްރޮސް އިން މަގު ހުރަސް ކުރި މީހާ ގައިގައި ސައިކަލުން ޖެހި އަދި އެތަނުން ދަތުރުކުރި ޕިކަޕެއްގައި އެ ސައިކަލު ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ. 

މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންދިޔަ އެވެ. އެތަނުން 17 އަހަރުގެ ކުއްޖާ މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ދެން އަނިޔާވެފައި ވަނީ 16 އަހަރުގެ ކުއްޖަކާއި 40 އަހަރުގެ މީހަކަށެވެ. އެ ދެ މީހުންގެ ހާލު ސީރިއަސް އެވެ.

މަރުވި 17 އަހަރުގެ ކުއްޖާ އަދި 16 އަހަރުގެ ކުއްޖާ އަކީ ސައިކަލުގައި ތިބި ދެ ކުދިންނެވެ. އޭގެ ތެރެއިން ދުއްވަން އިނީ ކާކު ކަމެއް ނޭންގެ އެވެ.

ބާރު ސްޕީޑުގައި ދުއްވި ސައިކަލާއި އަދި އެމީހާ އަޅައިގެން އިން ކަމަށް ބެލެވޭ ހެލްމެޓް އޮތީ އެއްކޮށް ކުނޑިކުނޑި ވެފަ އެވެ. އެކްސިޑެންޓްވި ޕިކަޕުގެ ކުރީކޮޅު ވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.