ބޭރުން އޮންލައިން ވިޔަފާރިކުރަން ބީއެމްއެލް ކާޑުތަކުން ދުވާލަކު 17 މިލިއަން ރުފިޔާ!

ބީއެމްއެލް އިން ބުނީ ކަސްޓަމަރުން ކުރާ ބޭރުގެ ވިޔަފާރިތަކަށް ސަޕޯޓުގެ ގޮތުގައި މިހާރު ވެސް ކޮންމެ މަހަކު އެ ބޭންކުން 45 މިލިއަން ޑޮލަރު ހަމަޖައްސައިދޭންޖެހޭ ކަމަށެވެ.

ބީއެމްއެލް އިންޓަނެޓް ބޭންކުން ހިދުމަތް ބޭނުން ކުރަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެބިޓު އަދި ކްރެޑިޓު ކާޑު ބޭނުންކޮށްގެން، ބޭރުން އޮންލައިންކޮށް ވިޔަފާރި ކުރަން ދުވާލަކު 17 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިވެހިން ހަރަދުކުރަމުންދާ ކަން އެ ބޭންކުން ދިން މައުލޫމާތުތަކުން ހާމަވެއްޖެ އެވެ. 

ބީއެމްއެލް އިން ޑެބިޓް ކާޑު ތަކަަށް ދެމުން ގެންދިޔަ ލިމިޓް މާދަމައިން ފެށިގެން 500 ޑޮލަރަށް ވަނީ މަތިކޮށްފަ އެވެ. 

އެ ލިމިޓު މަތިކޮށްދީފައިވަނީ، ދިވެހިން އެންމެ ގިނައިން އޮންލައިން ވިޔަފާރިކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން ފައިސާ ދައްކާއިރު %30 އާ ހަމައަށް ފީއެއް ނަގާ ގޮތަށެވެ.  

އެ ނިންމުމާ ގުޅިގެން ބީއެމްއެލްއަށް ވަނީ އާންމު ބައެއް މީހުންގެ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

އެކަމާ ގުޅިގެން ބީއެމްއެލް އިން ބުނީ ކަސްޓަމަރުން ކުރާ ބޭރުގެ ވިޔަފާރިތަކަށް ސަޕޯޓުގެ ގޮތުގައި މިހާރު ވެސް ކޮންމެ މަހަކު އެ ބޭންކުން 45 މިލިއަން ޑޮލަރު ހަމަޖައްސައިދޭންޖެހޭ ކަމަށެވެ.

އަދި އޭގެ ތެރެއިން، 75 ޕަސެންޓަކީ، ބޭންކުން ބުނި ގޮތުގައި، އޮންލައިންކޮށް ވިޔަފާރިކުރަން ހޭދަވާ އަދަދެވެ. 

އޭގެ މާނައަކީ، އޮންލައިންކޮށް ވިޔަފާރިކުރަން ބީއެމްއެލްގެ ކާޑުތަކުން ދުވާލެއްގެ މައްޗަށް 17.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރާ ކަމެވެ. 

އެ 75 ޕަސެންޓުގެ ތިންބައި ކުޅަ އެއްބައި ހޭދަކުރަނީ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އަށް ކަމަށް ބީއެމްއެލްއިން ބުންޏެވެ.

އަދި މިހާރު ދިވެހިންގެ މެދުގައި އެންމެ މަގުބޫލު، ޓީމޫ އިން ވިޔަފާރިކުރަން އެކަނިވެސް މަހަކު ހަތް މިލިއަން ޑޮލަރު މިހާރު ދޫކުރަން ޖެހޭ ކަމަށާއި އެ ޕްލެޓްފޯމުން ގެންނަ ގިނަ މުދާ ބޭނުންކުރަނީ ވިޔަފާރިގެ ބޭނުމަށް ކަމަށް އެ ބޭންކުން ބުންޏެވެ.

އެހެންކަމުން، މިއަދު އެ ބަދަލު ގެންނަންޖެހުނީ، ބީއެމްއެލް އިން ބުނީ، ހަމަހަމަކަމާ އެކު މުޅި މުޖުތަމައުގެ ބޭނުންތައް ފުއްދޭގޮތަށް ހިދުމަތުގެ އިންތިޒާމުތައް ހަމަޖެއްދުމުގެ ބޭނުމުގައި ކަމަށެވެ.

މިހާތަނަށް ޑެބިޓް ކާޑުތަކުން ޑޮލަރު މުއާމަލާތް ކުރެވެމުން އައީ މަހަކު 250 ޑޮލަރާ ހަމަަށެވެ. ނަމަވެސް މިއަދު ގެނައި ބަދަލާއެކު އިތުރު 250 ޑޮލަރު ލިމިޓެއް ލިބިގެންދާނެ އެވެ.

މި ބަދަލާއެކު ބީއެމްއެލްއިން ވަނީ އިތުރު ބައެއް ބަދަލުތައްވެސް ގެނެފަ އެވެ. ބޭންކުން ބުނީ މި ބަދަލު ގެނެސްފައިވަނީ ރާއްޖޭން ބޭރަށް ދަތުރުނުކުރާ ފަރާތްތަކުގެ ކާޑުތައް ވެސް ރާއްޖޭން ބޭރަށް ގެންގޮސްގެން އޭޓީއެމް ތަކުން ފައިސާ ނަގަމުންދާކަން ވަނީ ފާހަގަ ކުރެވިގެންނެވެ. އެހެންކަމުން މުދަލާއި ހިދުމަތުން ފައިސާ ދެއްކޭ އަދަދު އިތުރުކޮށްދިނުމާއިއެކު އޭޓީއެމް އިން ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޔޫއެސް ޑޮލަރު އެވެ. އަދި އޭޓީއެމް އިން ފައިސާ ނެގުމުން ޗާޖްކުރެވޭ އަދަދަކީ 10 ޑޮލަރު ކަމަށް ވަނީ ހަމަޖައްސާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.