ސަރުކާރު ކުންފުނިތަކުން ދެއްކި ޑިވިޑެންޑުގެ އަދަދު އުޅެނީ 160 މިލިއަން ރުފިޔާގަ އެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް ދެއްކި ޑިވިޑެންޑުގެ މިންވަރު އުޅެނީ 242 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
ސަރުކާރު ކުންފުނިތަކަށް ލިބުނު ފައިދާއިން ސަރުކާރަށް ދެއްކި ޑިވިޑެންޑުގެ އަދަދު 60 ޕަސެންޓަށްވުރެ އިތުރު ވެއްޖެ އެވެ.
ފިނޭންސުގެ މައުލޫމާތުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ބަލާނަމަ ސަރުކާރު ކުންފުނިތަކުން ދެއްކި ޑިވިޑެންޑުގެ އަދަދު އުޅެނީ 160 މިލިއަން ރުފިޔާގަ އެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް ދެއްކި ޑިވިޑެންޑުގެ މިންވަރު އުޅެނީ 242 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ ގާތްގަނޑަކަށް 60 ޕަސެންޓަށްވުރެ އިތުރު މިންވަރެކެވެ.
މި އަހަރަށް ފާސްކުރި ބަޖެޓުގައި އެސްއީއޯތަކުން ދައުލަތަށް ފައިދާގެ ގޮތުގައި 709.9 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
ސަރުކާރު ކުންފުނިތަކުގެ ތެރޭން މި އަހަރުގެ މިހާތަނަށް ޑިވިޑެންޑް ބަހާފައިވަނީ އެންމެ ކުންފުންޏެވެ. އެއީ ސަރުކާރުގެ އެންމެ ބޮޑު ކުންފުނި އެސްޓީއޯ އެވެ. އަދި ސަރުކާރު ކުންފުނިތަކުގެ ތެރޭން އެންމެ ބޮޑު ޑިވިޑެންޑެއް ދައްކާ އެއް ކުންފުންޏަކީ އެމްއޭސީއެލް އެވެ. ނަމަވެސް ގިނަ ކުންފުނިތަކުން މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާއެއް ނުބާއްވަ އެވެ.
ރާއްޖޭގައި ސަރުކާރު ހިއްސާވާ 32 ކުންފުންޏެއް އޮވެ އެވެ. މި ކުންފުނިތަކުގެ ތެރޭން އެންމެ ބޮޑު ޑިވިޑެންޑެއް ދައްކަނީ ދިރާގު އަދި އެމްއޭސީއެލް އެވެ. މީގެ ތެރެއިން ދިރާގަކީ ދޭ ހިދުމަތާއި އަގަށް އާންމުންްގެ ފާޑު ކިޔުން ބޮޑު ކުންފުންްޏެކެވެ.