މުހައްމަދު އަނީސް ނަމަކަށް ކިޔާ އަމިއްލަ ފަރާތަކުން މިއަދު ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އެ ގާނޫނުގެ ބަައެއް މާއްދާތައް ބާތިލުކުރަން އެދުނު ނަމަވެސް ބާތިލުކުރަން އެދުނު މާއްދާތަކަކީ ކޮބައިކަން ހައިކޯޓުން ހާމަނުކުރެ އެވެ.
ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އިންތިހާބުވުމަށްފަހު ޕާޓީ ބަދަލުކުރާ މެންބަރުން އިސްތިއުފާދިނުން ލާޒިމުވާ ގޮތަށް ހަދާފައިވާ އެންޓި-ޑިފެކްޝަން ގާނޫނުގެ ބައެއް މާއްދާތައް ބާތިލުކުރަން ހައިކޯޓަށް މައްސަލައެއް ވައްދައިފި އެވެ.
މަޖިލީހުގެ މެންބަރުން ގަނެވިއްކުން ހުއްޓުވުމުގެ މަގުސަދުގައި އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖިލީހަށް އެ ޕާޓީން ހުށަހަޅައިގެން ފާސްކުރި ބިލު ރައިސް ޑރ.މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ ފާއިތުވި އޭޕްރީލު މަހުގަ އެވެ.
އެމްޑީޕީން ފުރަތަމަަ ބިލު ހުށަހަޅާފައި އޮތީ މަޖިލިސް މެންބަރަކު ޕާޓީ ބަދަލުކުރުމުން އޭގެ ޒާތުގައި ގޮނޑި ގެއްލޭ ގޮތަށެވެ. ނަމަވެސް ފަހުން އެ ޕާޓީންވަނީ އެ މާއްދާ ބަދަލުކޮށް އެ ހާލަތުގައި އަމިއްލައަށް އިސްތިއުފާ ދޭންޖެހޭ ގޮތަށް އިސްލާހުކޮށްފަ އެވެ.
މުހައްމަދު އަނީސް ނަމަކަށް ކިޔާ އަމިއްލަ ފަރާތަކުން މިއަދު ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އެ ގާނޫނުގެ ބަައެއް މާއްދާތައް ބާތިލުކުރަން އެދުނު ނަމަވެސް ބާތިލުކުރަން އެދުނު މާއްދާތަކަކީ ކޮބައިކަން ހައިކޯޓުން ހާމަނުކުރެ އެވެ.
އެންޓި ޑިފެކްޝަން ގާނޫނު މިހާރު އޮތް ގޮތުން ތިން ހާލަތެއްގައި މަޖިލިސް މެންބަރުން އަމިއްލައަށް އިސްތިއުފާދެއްވަންޖެހެ އެވެ. އެއީ:
އެ ތިން ހާލަތު ބަޔާންކޮށް ގާނޫނުގައި ބުނެފައިވަނީ މިއިން ކޮންމެ ހާލަތެއްގައިމެ މެންބަރުކަމުން އިސްތިއުފާދޭންވާނެ ކަމަށެވެ. ނަމަވެސް އިސްތިއުފާނުދީފިނަމަ ދެންވާނެ ގޮތެއް އެޅޭނެ ފިޔަވަޅެއް އެ ގާނޫނުގައި ނެތެވެ.