"މިދިޔަ 51 ހަފުތާއާ ދެ ދުވަސް ތެރޭގައި ޖުމްލަކޮށް 6.6 ބިލިއަން ރުފިޔާ އެސްއޯއީ ތަކަކަށް ނޫނޭ. އާންމު ކުދި މެދު ފަންތީގެ ވިޔަފާރިތައް ލައްވައި ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަށް ދިން ފައިސާ،" އެމަނިކުފާނު ވިދާޅުވި އެވެ.
ކުރީ ސަރުކާރުން އެކި މަސައްކަތްތައް ހަވާލުކުރުމަށްފަހު މަސައްކަތް ކުރި ފަރާތްތަކަށް ނުދައްކައި ހުރި ފައިސާގެ ތެރެއިން ފަސް މިލިއަނުން ދަށުގެ ބިލުތަކުގެ ތެރެއިން ދެ ހަފުތާއަށްވުރެ ގިނަ ދުވަސްވެފައި ހުރި ހުރިހާ ބިލުތަކަށް ފައިސާ ދައްކައި ހަލާސްކޮށްފިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރޭ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދެ ހަފުތާއަށްވުރެ ގިނަ ދުވަސްވެފައިވާ ބިލުތަކުގެ ތެރެއިން ފަސް މިލިއަނަށްވުރެ ދަށުގެ ހުރިހާ ބިލަކަށް މިހާރު ފައިސާ ދައްކައި ނިންމާފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ނުދައްކައި ހުރި ކަމަށެވެ. އެ ފައިސާ ދެއްކުމުގެ މަސައްކަތް މި ސަރުކާރުން މި އަހަރު ތެރޭގައި ކުރަމުން ގޮސްފަައިވާ ކަމަށެވެ.
""އަޅުގަނޑުމެން ވާނީ މިހާރު ފަސް މިލިއަނުން ދަށުން ދޭން ހުރި ބިލްތައް، ފަސް މިލިއަނާ ހަމައަށް ނާރާ، ފަސް މިލިއަނުން ދަށުގެ ބިލެއް ވިއްޔާ 2 ހަފްތާއަށް ވުރެ ގިނަ ދުވަސްވެފައި ހުރި ނަމަ ފައިސާ ދީ ނިންމާފައި،" ރައީސް ވިދާޅުވި އެވެ.
މި ފައިސާއަކީ މެދު އަދި ކުދި ފަންތީގެ ވިޔަފާރިތައް ލައްވައި ސަރުކާރުން މަސައްކަތް ކުރުވުމަށްފަހު ނުދީހުރި ފައިސާ ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް މި ސަރުކާރު އައިފަހުން 6.6 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިދިޔަ 51 ހަފުތާއާ ދެ ދުވަސް ތެރޭގައި ޖުމްލަކޮށް 6.6 ބިލިއަން ރުފިޔާ އެސްއޯއީ ތަކަކަށް ނޫނޭ. އާންމު ކުދި މެދު ފަންތީގެ ވިޔަފާރިތައް ލައްވައި ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަށް ދިން ފައިސާ،" އެމަނިކުފާނު ވިދާޅުވި އެވެ.
އެގޮތުން އެފަދަ ބިލުތަކަށް ހަމައެކަނި ފާއިތުވި ހަފުތާގައިވެސް 500 މިލިއަން ރުފިޔާ ދޫކޮށްފަައިވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
އިތުރަށް ރައީސް ފާހަގަކުރެއްވީ ރައްޔިތުންނަށް ސަރުކާރުން ދޭންޖެހިފައި ހުރި ފައިސާ ދޫކުރުމުގެ އިތުރަށް ދައުލަތަށް ރައްޔިތުންގެ މާލިއްޔަތަށް އެކި ފަރާތްތަކުން ދޭންޖެހި ނުދީ ހުރި ފައިސާގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ފައިސާވެސް އަނބުރާ ހޯދާފައިވާ ކަމެވެ.