ޔާމީނާ ދެކޮޅަށް ހުށަހެޅި އާ ހެކިތަކުގެ މައްސަލަ ސުޕްރީމް ކޯޓުން ތާވަލަށް ލައިފި

އެ މައްސަލަ ފެށުމަށް ސުޕްރީމް ކޯޓުން މިހާރު ވަނީ ތާވަލުކޮށްފަ އެވެ. މައްސަލަ ތާވަލުކޮށްފައި ވަނީ މިމަހުގެ 20 ވަނަ ދުވަހު 9:00 އަށެވެ. މި މައްސަލައިގައި ވަކި ގޮތެއް ނުނިމޭތީ ކްރިމިނަލް ކޯޓަށް ތަހުވީލު ކުރި މައްސަލަ ވަނީ މަޑުޖައްސާލާފަ އެވެ.

ކުރީގެ ރައީސް ޔާމީން މީގެ ކުރިން ހައިކޯޓުގެ އަޑުއެހުމެއްގައި --

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާ ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ހުށަހެޅި އާ ހެކިތައް ބަލައި ނުގަންނަން ހައިކޯޓުން ނިންމުމުން އިސްތިއުނާފް ކުރި މައްސަލަ ސުޕްރީމް ކޯޓުން ތާވަލުކޮށްފި އެވެ.

އާ ރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އެވެ. މި ދެ ދައުވާ ސާބިތުވެ، ޑިސެމްބަރު 25. 2022 ގައި ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ އެ މަނިކުފާނު 11 އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ. މި މައްސަލައިގައި ދެން ހިމެނޭ ޔޫސުފް ނައީމް ޖަލަށްލީ ތިން އަހަރަށެވެ.

ކުށް ސާބިތު ވުމުން މި ދެ ބޭފުޅުންގެ ފަރާތްޕުޅުން ވަނީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އެ ކޯޓުން ވަނީ މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ތަހުވީލުކޮށް، އެ ހުކުމް ބާތިލު ކޮށްފަ އެވެ.

ހައިކޯޓުގެ ނިންމުމުގައި އަލުން މައްސަލަ ބަލައި ގޮތެއް ކަނޑައަޅަން ނިންމާފައިވާއިރު، ދިފާއީ ހެކި ނަފީ ކުރުމަށް ދައުލަތުން ހުށަހެޅި އާ ހެކިތައް އެއްފަރާތް ކުރުމަށް ވަނީ އަންގާފަ އެވެ. އެ ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން އަންގާފައި ވަނީ، އެ ހެކިތައް ދަށު ކޯޓަށް ބަލައިގަތުމުގެ އިޖުރާއަތް ރަނގަޅު ނޫންކަމަށް ބަޔާން ކޮށެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައި ވަނީ އަލުން ބެލުމަށް ތަހުވީލު ކޮށްފައިވާ މި މައްސަލައިގައި، އެ ހެކިތައް ބަލައިގަތުމަށް ދަށު ކޯޓުން ނިންމި އިޖުރާއަތަކީ މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު އިސްލާހު ކުރެވިދާނެ އިޖުރާއަތެއް ކަމަށެވެ. އެހެންކަމުން އެ ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން އެންގި ބައި ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވެ އެވެ.

އެ މައްސަލަ ފެށުމަށް ސުޕްރީމް ކޯޓުން މިހާރު ވަނީ ތާވަލުކޮށްފަ އެވެ. މައްސަލަ ތާވަލުކޮށްފައި ވަނީ މިމަހުގެ 20 ވަނަ ދުވަހު 9:00 އަށެވެ. މި މައްސަލައިގައި ވަކި ގޮތެއް ނުނިމޭތީ ކްރިމިނަލް ކޯޓަށް ތަހުވީލު ކުރި މައްސަލަ ވަނީ މަޑުޖައްސާލާފަ އެވެ.

ޕީޖީ އޮފީހުން ބުނީ ސުޕްރީމް ކޯޓުގައި އެދިފައިވާނީ، އެ ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން ނިންމި ނިންމުން ބާތިލުކޮށް، ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް މައްސަލައިގައި އަލުން ގޮތެއް ކަނޑައެޅުމުގައި، އާ ހެކިތަކާ ގުޅޭ ގޮތުން ދިފާއުން ހުށަހެޅުމެއް އޮތްނަމަ ހުށަހެޅުމުގެ ފުރުސަތު ލިބޭނެ ފުރުސަތު ދިނުމަށް ކަމަށެވެ. އަދި، އެ ހެކިތަކާ ގުޅިގެން ދެފަރާތުން ޝަރީޢަތުގައި ބަހުސްކުރުމުގެ ފުރުސަތުދީ، އެ ހެކިތައް ބަލައިގަތުމާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ދަށު ކޯޓަށް އަންގައިދިނުމަށް ކަމަށެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ މައްސަލައިގެ އާ ހެކިތަކާ ގުޅޭ ބައި އެކަންޏެވެ. މި އިސްތިއުނާފުގެ ސަބަބުން، މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައެޅުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ނާންނާނެ އެވެ. ހައިކޯޓުގެ ނިންމުމާއެކު ރައީސް ޔާމީން ވަނީ މިނިވަންވެވަޑައިގެންފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.