ސުޕްރީމް ކޯޓުގެ މައްސަލަ ނިމެންދެން އާރަށު މައްސަލަ މަޑުޖައްސާލަން ނިންމައިފި

ދައުލަތުން ވެސް ބުނެފައި ވަނީ އިސްތިއުނާފް ކޮށްފައިވާ މައްސަލަ އާއި، ޝަރީއަތުގެ ކުރިން ހުށަހަޅާފައިވާ ކަންކަމާ ގުޅޭ ކަމަށެވެ. ދިފާއުން ދެއްކި ވާހަކަތަކަށް ދައުލަތުން ވެސް ވަނީ ތާއީދު ކޮށްފަ އެވެ.

ރައީސް އަބްދުﷲ ޔާމީން މިއަދު ކްރިމިނަލް ކޯޓުގައި --

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާ ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ހުށަހެޅި އާ ހެކިތައް އެއްފަރާތް ކުރުމަށް ފަހު ހައިކޯޓުން ނިންމި ނިންމުމާމެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން މައުލޫއީ މައްސަލަ މަޑުޖައްސާލަން ނިންމައިފި އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ދައުވާ އެވެ. މި މައްސަލަ މީގެ ކުރިން ކްރިމިނަލް ކޯޓުން ބަލައި ނިންމުމަށްފަހު އެ މަނިކުފާނުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވެ އެވެ. މި ދެ ދައުވާ ސާބިތުވެ، ޑިސެމްބަރު 25. 2022 ގައި ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ އެ މަނިކުފާނު 11 އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ. 

ނަމަވެސް ހައިކޯޓުގައި އެމަނިކުފާނުގެ ފަރާތުން މައްސަލަ އިސްތިއުނާފް ކުރުމުން، އަލުން މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓަށް ވަނީ ތަހުވީލުކޮށްފަ އެވެ. ތަހުވީލު ކުރި މައްސަލައިގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ބާއްވާފައިވާއިރު، އެ އަޑުއެހުމުގައި އޮތީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމުގެ ބައެވެ.

ނަމަވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންފައި ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެން އެ ބައި ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަށެވެ. ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ އަލުން މައްސަލަ ބަލައި ގޮތެއް ކަނޑައަޅަން ހައިކޯޓުން ނިންމިއިރު، ދިފާއީ ހެކި ނަފީ ކުރުމަށް ދައުލަތުން ހުށަހެޅި އާ ހެކިތައް އެއްފަރާތް ކުރުމަށް ނިންމި ބައެވެ.

ރައީސް ޔާމީންގެ ވަކީލު ހަމްޒާ ލަތީފު މިއަދުގެ އަޑުއެހުމުގައި ވިދާޅުވެފައި ވަނީ ދައުލަތުގެ ފަރާތުން ދިފާއީ ހެކިތައް ބަލައި ނުގަންނަން ހުށަހަޅާފައިވާތީ، ސުޕްރީމް ކޯޓުގައި އޮތް މައްސަލައިގެ ނިންމުން އަންނަ ގޮތަކުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގައި ހުރި ކަންކަމަށް އަސަރު ކުރާނެ ކަމަށެވެ.

އޭގެ އިތުރުން، ތަހުގީގުގައި ރައީސް ޔާމީން ހަނު ހުންނެވި ކަމަށް ދައުލަތުން ބުނާތީ، ތަހުގީގު މަރުހަލާގައި އެމަނިކުފާނު ދެއްވި އިންޓަވިއުތަކުގެ ރެކޯޑިންތައް ހޯދަން ވެސް އެދިފައިވާ ކަމަށް ހަމްޒާ ވިދާޅުވި އެވެ. ދައުލަތުން ދިފާއު ބަލައި ނުގަންނަން ނިންމީ ވެސް ޔާމީން ތަހުގީގުގައި ހަނު ހުންނެވުމުންނެވެ. 

ދައުލަތުން ވެސް ބުނެފައި ވަނީ އިސްތިއުނާފް ކޮށްފައިވާ މައްސަލަ އާއި، ޝަރީއަތުގެ ކުރިން ހުށަހަޅާފައިވާ ކަންކަމާ ގުޅޭ ކަމަށެވެ. ދިފާއުން ދެއްކި ވާހަކަތަކަށް ދައުލަތުން ވެސް ވަނީ ތާއީދު ކޮށްފަ އެވެ.

އެހެންވެ، ގާޒީ އަލީ ނަދީމް ނިންމަވާފައި ވަނީ ސުޕްރީމް ކޯޓުން ހެކިތަކާ ގުޅޭ މައްސަލަ ނިންމެންދެން މައްސަލަ މަޑުޖައްސާލުމަށެވެ. އަދި، ދިފާއުން އެދިގައިވާ ރެކޯޑިންތަކުގެ ކޮފީ ހަވާލުކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލައިގެ އަޑުއެހުން މިއަދު ކުރިއަށް ގެންގޮސްފައި ވަނީ ޔޫޓިއުބުން ލައިވް ކޮށްގެންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.