އެގޮތުން މި އަހަރުގެ ބަޖެޓުގައި ގެދޮރު އެޅުމަށް 1.5 ބިލިއަން ރުފިޔާ ހާއްސަކޮށްފައިވާ ކަމަށާއި، އަންނަ އަހަރު ގެދޮރުވެރިކަމުގެ 1.5 ބިލިއަން ރުފިޔާގެ މަޝްރޫއު ހިނގާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް މިއަދު ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ތެރެއިން 1.5 ބިލިއަން ރުފިޔާގެ ހައުސިން މަޝްރޫއު ހިނގާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގައުމީ ޔުނިވަސިޓީގެ ދަރިވަރުން ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިއަދު ދެއްވި ތަގުރީރުގައި ރައީސް ވިދާޅުވީ މި އަހަރުގެ ބަޖެޓުން މައިގަނޑު ގޮތެއްގައި ދެ ކަމެއް ހާސިލުކުރަން ބޭނުންފުޅުވާ ކަމަށެވެ. އެއިން ފުރަތަމަ ކަމަކީ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށުން ކަމަށެވެ.
އެގޮތުން މި އަހަރުގެ ބަޖެޓުގައި ގެދޮރު އެޅުމަށް 1.5 ބިލިއަން ރުފިޔާ ހާއްސަކޮށްފައިވާ ކަމަށާއި، އަންނަ އަހަރު ގެދޮރުވެރިކަމުގެ 1.5 ބިލިއަން ރުފިޔާގެ މަޝްރޫއު ހިނގާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
"1.5 ބިލިއަން ރުފިޔާގެ މަސައްކަތް ހިނގާނެ އަމަލީ ގޮތުން ގެދޮރު ބިނާކުރުމުގެ މަސައްކަތް،" ރައީސް ވިދާޅުވި އެވެ.
އިތުރަށް އެމަނިކުފާނު ފާހަގަކުރެއްވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް %5 އިންޓަރެސްޓުގައި ގެދޮރުވެރިކަމުގެ ލޯނުތައް ދޫކުރަން އަންނަ ހަފުތާގައި ފެށޭނެ ކަމަށެވެ. އައު ގެދޮރު އެޅުމަށާއި، ނުނިމި ހުރި ގެދޮރު ނިންމުމަށާއި، ބާވެފައި ހުރި ގެދޮރު މަރާމާތުކުރުމަށް ދޫކުރާ ލޯނުތަކަށް އަންނަ އަހަރުގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ހިމަނާނެކަން ރައީސް ހާމަކުރެއްވި އެވެ.
"އެ ލޯނު ސްކީމަށް ބޭނުންވާ އެއް ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭނެ. އިރާދަކުރެއްވިއްޔާ ބަޖެޓުގައި 2.5 ބިލިއަން ރުފިޔާ ގެދޮރުވެރިކަމަށް ހިމެނޭނެ،" ރައީސް ވިދާޅުވި އެވެ.
ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ހޭދައިގެ ތެރެއިން ގެދޮރު ބިނާކުރުމަށް ކުރާ ހޭދަ އިތުރުކުރުމަކީ ރައީސްގެ ވައުދުފުޅެކެވެ. އަދި %5 އިންޓަރެސްޓުގައި ގެދޮރު ބިނާކުރަން ބޭނުންވާ ފަރާތްތަކަށް ލޯނު ދޫކުރުމަކީވެސް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ މުހިއްމު ވައުދެކެވެ.
އެ ވައުދުފުޅާ އެއްގޮތަށް ހައުސިން ލޯނު ދޫކުރުމަށް އިސްލާމިކް ބޭންކް އޮފް މޯލްޑިވްސް (އެމްއައިބީ)އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާއެކު ސަރުކާރުން އެއްބަސްވުންތަކެއް ގާއިމުކޮށްފަައިވެ އެވެ.