ބޭރުން މާލީ އެހީ ލިބޭނީ ބޭރުގެ އިދާރާތަކުގެ ލަފާވެސް އަހައިގެން: އަޒާން

"ތަކުރާރުކޮށް އައިއެމްއެފް ވޯލްޑް ބޭންކުން ދައްކަމުންދާ ވާހަކައެއް އެސްއޯއީތައް ހަރުދަނާކުރާ ވާހަަކަ. އެސްއޯއީތަކަށް ކުރާ ހަރަދު އެހެން ގޮތަކަށް ކުރާ ވާހަކަ،" އަޒާން ވިދާޅުވި އެވެ.

ކޮންގެރެސްގެ މަޖިލިސް މެންބަރު އަހުމަދު އަޒާން

މިވަގުތު މާލީ ހާލަތު އޮތް ގޮތުން ރާއްޖެއަށް ބޭރުގެ ފަރާތްތަކުން މާލީ އެހީތެރިކަން ބޭނުންވާއިރު އެ މާލީ އެހީ ލިބޭނީ އެފަރާތްތަކުން މާލީ ކަންކަމުގައި ދެމުންދާ ލަފާވެސް އަޑުއަހައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު ވިދާޅުވެއްޖެ އެވެ. 

ދައުލަތުގެ މީޑިޔާ ޕީއެސްއެމްއިން ގެނެސްދިން ޕްރޮގުރާމެއްގައި ސަރުކާރުން ގެންނަމުންދާ މާލީ އިސްލާހުތަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އަޒާން ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީއަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކުތަކަށް ޖަމާކޮށް އެ އާމްދަނީގެ މިންވަރެއް މާލީ ނިޒާމުގެ ތެރެއަށް މާރުކުރުން ލާޒިމުކުރުން ފަދަ ކަންކަމަށް އާންމު ރައްޔިތުން ތާއީދުކުރާ ކަމަށެވެ. 

އަދި އެ ސިނާއަތުން ނަގާ ބަައެއް ޓެކްސްތައް ބޮޑުކުރުމަށް މިހާރު ސަރުކާރުން ހުށަހަޅާފައިވާ ބިލުތަކަށްވެސް ރައްޔިތުންގެ އަޣުލަބިއްޔަތު ތާއީދުކުރާ ކަމަށާއި، ނަމަވެސް އެ ބަދަލުތަކާ ގުޅޭ ގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކުގެ ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރެއްވޭ ކަމަށް އަޒާނަް ވިދާޅުވި އެވެ. 

އޭނާ އިތުރަށް ވިދާޅުވީ އެފަދަަ ބަދަލުތައް ގެންނައިރު އިންޑަސްޓްރީ ސްޓޭކްހޯލްޑަރުންނާ ސަަރުކާރުން މަޝްވަރާކުރާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގުތިސާދީ ކޮމިޓީ ޝާމިލުވާހެން އެކުލަވައިލާފައިވާ ސަބްކޮމިޓީން އެ ބިލުތައް ދިރާސާކުރާއިރުވެސް އިންޑަސްޓްރީގެ ކަންބޮޑުވުންތަކަށް ރިއާޔަތްކުރާނެ ކަމަށެވެ. 

"ސަރުކާރުން މިފަދަ ނިންމުމެއް ނިންމާއިރު އިންޑަސްޓްރީ ސްޓޭކް ހޯލްޑަރުންގެ މަޝްވަރާ ހޯދުން މުހިއްމު. އަދި ކޮމިޓީ މަރުހަލާގައި މިބިލު ނިމިގެން އަންނައިރު އިންޑަސްޓްރީގެ މަޝްވަރާ ހޯދާނެ. ހޯދުމަށްފަހު މި ފައިނަލްކުރެވިގެންދާނީ،" އަޒާން ވިދާޅުވި އެވެ. 

ހަރަދުކުޑަކުރުމުގެ ގޮތުން ސިޔާސީ މުވައްޒަަފުންނާއި ދައުލަތުގެ އިދާރާތަކުގެ ވެރިންގެ މުސާރައިން ވަކި މިންވަރެއް ކުޑަކުރުމަށް ރައީސް ހުށަހަޅުއްވާފައިވާ ސިޔާސަތުތަކަށް ރައްޔިތުން ތާއީދުކުރާ ކަމަށެވެ. ރައްޔިތުންގެ މެދުގައި އެ ފިޔަވަޅުތަކުގެ ތެރެއިން ހިތްހަމަނުޖެހުމެއް އޮތީ އެސްއޯއީތަކުގެ މުވައްޒަފުންގެ މުސާރައިގެ 10 އިންސައްތަ ކުޑަކުރުމާމެދު ކަމަަށެވެ. 

އަޒާން ވިދާޅުވީ އެކަމުގައި ކަންބޮޑުވުން އޮތް ނަމަވެސް ހަގީގަތުގައި މުސާރަ ކުޑަކުރުމުގެ ބޮޑު އަސަރެއްކުރާނީ މަތީ ފަންތީގެ މުސާރަ ލިބޭ މުވައްޒަފުންނަށް ކަމަށެވެ. އެގޮތުން މުސާރައިގެ ދިހަ އިންސައްތަ އުނިކުރަނީ ޖުމްލަ އުޖޫރައިގެ ބަދަލުގައި އަސާސީ މުސާރައިންކަމަށްވާތީ ކަމަށެވެ. 

އަދި ބޭރުގެ މާލީ އިދާރާތަކުން އަބަދުވެސް ހަރަދުކުޑަކުރަން ލަފާދެމުންދާކަން ފާހަގަކުރައްވައި އަޒާން ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރު ދައްކަންޖެހޭ ފައިސާ ލިބޭނީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އެހީގައި ކަމަށްވާއިރު އެ ފަރާތްތަކުގެ ލަފާވެސް އަހަންޖެހޭ ކަމަށެވެ. 

އަޒާން އިތުރަށް ފާހަގަކުރެއްވީ އެސްއޯއީތަކަށް ކުރާ ހަރަދު ކުޑަކޮށް އެތަންތަނުގެ ހިންގުން ރަނގަޅުކުރުމަކީ ތަކުރާރުކޮށް އެކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ލަފާދެމުންދާ ކަމެއް ކަމަށެވެ. 

"ދުނިޔޭގެ މާލީ އިދާރާތަކުން އަޅުގަނޑުމެންނަށް އަބަދުވެސް ދެމުންދާ ލަފައަކީ ހަރަދު ކުޑަކުރާށޭ. ރާއްޖެ މިއަދު މިއޮތް ހާލަތުން އަންނަ އަހަރާއި ޖެހިގެން އަންނަ އަހަރު ދައްކަން ޖެހޭ ލޯނުތައް ދެއްކުމަށް ބޭނުންވާ ފައިސާ ލިބެން އޮތީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އެހީ ލިބިގެން. އެ އިދާރާތަކުގެ އެހީ ލިބެން އޮތީ އެ ބޭފުޅުންގެ ލަފާވެސް ކޮންމެވެސް ވަރަކަށް އަހައިގެން،" އަޒާން ވިދާޅުވި އެވެ. 

"ތަކުރާރުކޮށް އައިއެމްއެފް ވޯލްޑް ބޭންކުން ދައްކަމުންދާ ވާހަކައެއް އެސްއޯއީތައް ހަރުދަނާކުރާ ވާހަަކަ. އެސްއޯއީތަކަށް ކުރާ ހަރަދު އެހެން ގޮތަކަށް ކުރާ ވާހަކަ،" 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.