މި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. ދެ ގައުމުގެ މެދުގައި ފަސް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފި އެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. ދެ ގައުމުގެ މެދުގައި ފަސް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. މި ރަސްމިއްޔާތުގައި ދެ ގައުމުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ދެގައުމުގެ މެދުގައި ސޮއިކުރީ؛
މި އެއްބަސްވުންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ކަރަންސީ ސްވޮޕް އެއްބަސްވުމެވެ. މި އެއްބަސްވުމުގައި ދެ ބައެއް ހިމެނެ އެވެ. ފުރަތަމަ ބަޔަކީ އެމެރިކާ ޑޮލަރުގެ ސްވޮޕެކެވެ. އެއީ ސާކުގެ ގައުމުތަކަށް ހާއްސްކޮށް އިންޑިޔާއިން ހުޅުވާލާފައިވާ ފްރޭމްވޯކް އޮން ކަރަންސީ ސްވޮޕް އެރޭންޖުމެންޓު ފޯ ސާކް ކަންޓްރީސްގެ ދަށުން އެމްއެމްއޭއަށް 400 މިލިއަން ޑޮލަރު ނެގުމަށް ހެދި ސްވޮޕެކެވެ.
އޭގެ އިތުރަށް 30 ބިލިއަން އިންޑިއާ ރުޕީސްގެ އަދަދާ ހަމައަށް ފައިސާ ނެގޭނެ ކަރަންސީ ސްވޮޕެއް ހެދުމަށްވެސް އެއްބަސްވުމުގައި ހިމަނާފައިވެ އެވެ. މި ކަރަންސީ ސްވޮޕުގެ ސަބަބުން ރާއްޖެއާއި އިންޑިޔާގެ ދެމެދުގައި ދެ ގައުމުގެ ފައިސާއިން ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށް މަގުފަހިވާނެ އެވެ.