އެހެންކަމުން، އެމްއެމްއޭގެ ނިންމުން މުރާޖައާކޮށް، ކޮންމެ ބޮލަކަށް ވަކި އަދަދެއް ނެގުމުގެ ބަދަލުގައި ލިބޭ އާމްދަނީން ވަކި ޕަސެންޓެއް ނެގުމަށް ފައްޔާޒް ވަނީ ގޮވާލައްވާފަ އެވެ.
ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ޑޮލަރު އާމްދަނީގެ ތެރެއިން މިންވަރެއް ބޭންކުތަކަށް މާރުކުރުން ލާޒިމުކޮށް ބޭރު ފައިސާއާ ބެހޭ ގަވާއިދަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގެނެސްފައި ވަނީ ރަގަޅު ނިންމުމެއް ނަމަވެސް، އޭގެ ސަބަބުން މައްސަލަތަކާ ކުރިމަތިވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެމްއެމްއޭ އިން އިއްޔެ ގެޒެޓްކުރި ގަވާއިދުގައި ބުނެފައިވަނީ އޭ ކެޓަގަރީގައި ހިމެނޭ ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ތަންތަނުން ކޮންމެ މަހަކު އެތަނަށް އައި ފަތުރުވެރިންގެ އަދަދަށް ބަލައި ބޮލަކަށް 500 ޑޮލަރު އެ މަސް ނިމޭތާ ތިންވަނައަށްވާ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކަކަށް މާރުކުރަން ޖެހޭނެ ކަމަށެވެ. އަދި ބީ ކެޓަގަރީގެ ވިޔަފާރިތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރު މާރުކުރަންޖެހޭނެ ކަމަށެވެ.
މިގޮތަށް މާރުކުރާ ފައިސާގެ ތެރެއިން 40 އިންސައްތަ ބޭންކުތަކުގައި ބެހެއްޓުމަށްފަހު ބާކީ 60 އިންސައްތަ ޖެހިގެން އަންނަ ހަފުތާގެ ބުދަދުވަހުގެ ކުރިން އެމްއެމްއޭއަށް ވިއްކަންޖެހޭނެ ކަމުގައި އުސޫލުގައި ބުނެފައިވެ އެވެ.
އެމްއެމްއޭގެ ނިންމުމުގެ ސަބަބުން ޑޮލަރުގެ ތާށިކަމަށް ކޮންމެވެސް މިންވަރެއްގެ ހައްލެއް އަންނާނެކަން ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވެފައި ވަނީ، ހަމައެކަނި އެ ފިޔަވަޅުން އެ މައްސަލައަށް ހައްލު ނާންނާނެ ކަމަށެވެ.
ފައްޔާޒް ވިދާޅުވީ މައްސަލައަށް ހައްލު އަންނާނީ މަނިޓަރީ ޕޮލިސީ ހަރުދަނާ ކުރުމާއި، ފައިސާ މާރުކުރާ ތަންތަނުގެ މޮނިޓަރިން ހަރުދަނާކޮށް އަދި ސަރުކާރުގެ ހަރުތައް ކުޑަކުރުން ފަދަ ކަންކަން ވެސް ކޮށްގެން ކަމަށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ ކުރީ ސަރުކާރުގައި 2022 ވަނަ އަހަރުގެ ތެރޭގައި، ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ތަންތަނުގެ އާމްދަނީގެ ވަކި ޕަސެންޓެއް ބޭންކުތަކަށް ލިބޭ ގޮތަށް ކެބިނެޓުން ނިންމުމެއް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ކޮވިޑް-19 އާއި ޓީޖީއެސްޓީ މައްސަލައާ ގުޅިގެން އެމްއެމްއޭއަށް އެ ނިންމުން ތަންފީޒު ކުރެވިފައި ނުވާ ކަމަށެވެ. އެއީ އަދިވެސް އެންމެ ރަގަޅު ގޮތް ކަމަށް އޭނާ ފާހަގަކުރައްވާފައިވެ އެވެ.
އެހެންކަމުން، އެމްއެމްއޭގެ ނިންމުން މުރާޖައާކޮށް، ކޮންމެ ބޮލަކަށް ވަކި އަދަދެއް ނެގުމުގެ ބަދަލުގައި ލިބޭ އާމްދަނީން ވަކި ޕަސެންޓެއް ނެގުމަށް ފައްޔާޒް ވަނީ ގޮވާލައްވާފަ އެވެ. މިހާރު އޮތް ސިޔާސަތުގެ ސަބަބުން ދިވެހި ރުފިޔާއިން ފައިދާ ވަމުން އަންނަ މެދު ފަންތީގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި ސަފާރީތަކަށް ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމަށް ވެސް އެނާ ވިދާޅުވި އެވެ.
ކުރިމަތިވެދާނެ ގޮންޖެހުމަކަށް ވިސްނައި ސްކޭޓްހޯލްޑަރުންނާއެކު ފުޅާކޮށް މަޝްވަރާ ކޮށްގެން ރަގަޅު ނިންމުމެއް ނިންމަން ފައްޔާޒް ވަނީ ސަރުކާރަށާއި އެމްއެމްއޭއަށް ގޮވާލައްވާފަ އެވެ.
ވަރަށް ލާރި އޮންނާނެ ދައުލަތުން ނަގާފަ، އެ ފައިސާ ސާފު ކުރާނެ ގޮތެއް ހޯދަން ތިޔަ ވިސްނަނީ