ކުދި ވިޔަފާރިތައް އިތުރަށް ތަރައްގީކުރުމަށް ބޭނުންވާ ލޮޖިސްޓިކް އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅަން ނިންމާފައިވާ މި އިމާރާތް އަޅާނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގަ އެވެ.
ރާއްޖޭގައި ހިންގާ ކުދި ވިޔަފާރިތަކުން ވިޔަފާރި ބޭނުމަށް ބޭނުންކުރާ މުދާ ގުދަންކުރާނެ ޖާގަތައް ދޫކުރުމަށް ހާއްސަކޮށް ގުދަން އިމާރާތެއް އެޅުމަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަަން (ބީސީސީ) އިން ހުޅުވާލައިފި އެވެ.
ބީސީސީން ކުރި އިއުލާނެއްގައި ގުދަނެއްގެ ގޮތުގައި ބޭނުންކުރާނެ ޖާގައިގެ ގޮތުން ތަނަވަސް އިމާރާތެއް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރަން ފުރުސަތު ހުޅުވާލާފައިވެ އެވެ. އެއ މަޝްރޫއު ކުރިއަށްގެންދަނީ ޕާޓްނާޝިޕް އުސޫލުން ކޮންޓްރެކްޓާ ފައިނޭންސް ކުރާ ގޮތަށެވެ.
އެ އިމާރާތް އެޅުމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އިމާރާތުގެ ފަރުމާއާއި އންޖިނިއަރިންއާއި ބިނާކުރުމާ ގުޅޭ ތަފުސީލުތަކުގެ އިތުރަށް ފެސިލިޓީ ހިންގުމަށް ވިސްނާ ގޮތްތައް ހުށަހެޅުމަށް ބީސީސީން އެދިފައިވެ އެވެ.
އަދި އެ ހުށަހެޅުމުގައި އިމާރާތުގެ މަސައްކަތްކުރުމަށް ޝަައުގުވެރިވާ ފަރާތުން ބޭނުންވާ ޕާޓްނާޝިޕު މޮޑެލްއަކީ ކޮބައިކަން ޕްރޮޕޯޒަލުގައި ހިމެނަންޖެހޭނެކަމަށް ބީސީސީން ބުނެފައިވެ އެވެ.
ކުދި ވިޔަފާރިތައް އިތުރަށް ތަރައްގީކުރުމަށް ބޭނުންވާ ލޮޖިސްޓިކް އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅަން ނިންމާފައިވާ މި އިމާރާތް އަޅާނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގަ އެވެ.
ބީސީސީއަކީ ކުދި ވިޔަފާރިތައް ކުރިއަރުވައި ކްރިއޭޓާ އިކޮނޮމީ ތަރައްގީކުރުމުގެ މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރަމުންދާ ކުންފުންޏެވެ. އެގޮތުން ކްރިއޭޓާ ފަންޑު އުފައްދައި މެނޭޖުކުރުމުގެ އިތުރަށް ކްރިއޭޓާ އިކޮނޮމީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އެކުލަަވައިލުމުގައި އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ.