އެ މިނިސްޓްރީން ބުނެފައިވަނީ ލޯނު އަދާކުރުމުގައި މަސްވެރިންނަށް ހުރި ދަތިތައް ހައްލުކުރުމަށް މަސްވެރިންނަށް ލުއިކޮށްދިނުމުގެ ގޮތުން ލޯނުގެ ދަށުން ގަންނަ ތަކެތީގެ އަގުން 35 އިންސައްތަ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވެ އެވެ.
ލޮނުފެނުން އައިސްކުރާ ނިޒާމު މަސް ދޯނިފަހަރުގައި ގާއިމުކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފާއިތުވި އަހަރު ސަރުކާރުން ފެށި ޕްރޮގުރާމު މުރާޖައާކުރުމަށްފަހު އަލުން ފަށާއިރު އެ ލޯނު ބޭނުންކޮށްގެން ގަންނަ ތަކެތީގެ އަގުން 35 އިންސައްތަ ޑިސްކައުންޓު ދޭން ނިންމައިފި އެވެ.
ނިމުނު އަހަރު ފެށި މި މަޝްރޫއަކީ މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމު ފަހިކޮށް، މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ނުލިބުމުގެ ސަބަބުން މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކާއި ލައިވްސް އެންޑް ލައިވްލިހުޑް ފަންޑުގެ އެހީގައި ހިންގާ މަޝްރޫއެކެވެ.
ނިމުނު އަހަރު އިއުލާނުކުރި ލޯނު މަޝްރޫއު މަޑުޖައްސައިލުމަށްފަހު އެ މަޝްރޫއު މުރާޖައާކޮށް މަސްވެރިންގެ ބޭނުންތަކަށް ރިއާޔަތްކޮށް ލޯނު ބޭނުންކުރެވޭނެ ގިނަ ކަންތައްތަކެއް ހިމަނާފައިވާނެ ކަމުގައި ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނެފައިވަނީ ލޯނު އަދާކުރުމުގައި މަސްވެރިންނަށް ހުރި ދަތިތައް ހައްލުކުރުމަށް އިސްކަންދީފައިވާނެ ކަމަށެވެ. އެގޮތުން މަސްވެރިންނަށް ލުއިކޮށްދިނުމުގެ ގޮތުން ލޯނުގެ ދަށުން ގަންނަ ތަކެތީގެ އަގުން 35 އިންސައްތަ ޑިސްކައުންޓެއް ދިނުމަށް ސަރުކާރުން ނިންމާފައިވެ އެވެ.
މި މަޝްރޫއުގެ ދަށުން ދޫކުރާ ލޯނު ބޭނުންކޮށްގެން ލޮނުފެނުން މަސް ފިނިކުރާ ނިޒާމާއި ޖަނަރޭޓަރު ސެޓާއި ސޯލާ ޕީވީ ސިސްޓަމް ގަނެވޭނެ އެވެ. އެ މަޝްރޫއުގެ ދަށުން 2 މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރަންވަނީ ހަމަޖެހިފަ އެވެ.
ލޯނު އަނބުރާ ދައްކަން ފަށަންޖެހެނީ ހަ މަސް ދުވަސް ފަހުންނެވެ. އަދި ލޯނު ދެއްކުމަށް ދިހަ އަހަރުގެ މުހުލަތެއް ލިބޭނެ އެވެ. ގަންނަ ތަކެތީގެ އަގުގެ 35 އިންސައްތަ ދައްކަންނުޖެހޭ ގޮތަށް ސަރުކާރުން ނިންމާފައިވެ އެވެ.