އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިން އިލެކްޓްރިކް ޓްރެވަލް އޮތޮރައިޒޭޝަން ހޯދަންޖެހޭނެ

އިތުރަށް ފޮރިން މިނިސްޓްރީން ބުނީ 2025 ޖަނަވަރީ އަށްވަނަ ދުވަހުން ފެށިގެން އިނގިރޭސިވިލާތަށް ދިވެހިންނަށް ދަތުރުކުރެވޭނީ އީޓީއޭ ހޯދުމަށްފަހު ކަމަށެވެ. އީޓީއޭގެ އަގަކީ 10 ޕައުންޑުކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

އިނގިރޭސިވިލކާތަށް ދަތުރުކުރާ ދިވެހިންނަށް އަންނަ އަހަރުގެ ޖަނަވަރީ މަހުގެ އަށްވަނަ ދުވަހުން ފެށިގެން އިލެކްޓްރިކް ޓްރެވަލް އޯތަރައިޒޭޝަން (އީޓީއޭ) ބޭނުންވާނެކަމށް ހާރިޖީ ވުޒާރާއިން ބުނެފި އެވެ. 

މިއަދު އެ ވުޒާރާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އިނގިރޭސިވިލާތުގެ އިމިގުރޭޝަން ގަވާއިދަށް ބަދަލުތަކެއް ގެނެސްފައިވާކަން އެ ގައުމުން އަންގާފައިވާ ކަމަށެވެ. އެގޮތުން އަންނަ ނޮވެންބަރު 27 ވަނަ ދުވަހުން ފެށިގެން ރާއްޖެ ހިމެނޭހެން 49 ގައުމެއްގެ ރައްޔިތުންނަށް އީޓީއޭއަށް އެދެވޭނެ ކަމަށް އެ ގައުމުން އަންގާފައިވެ އެވެ. 

އިތުރަށް ފޮރިން މިނިސްޓްރީން ބުނީ 2025 ޖަނަވަރީ އަށްވަނަ ދުވަހުން ފެށިގެން އިނގިރޭސިވިލާތަށް ދިވެހިންނަށް ދަތުރުކުރެވޭނީ އީޓީއޭ ހޯދުމަށްފަހު ކަމަށެވެ. އީޓީއޭގެ އަގަކީ 10 ޕައުންޑުކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ. 

ދެ އަހަރުގެ މުއްދަތަކަށް ލިބޭ އީޓީއޭ ބޭނުންކޮށްގެން ގިނަވެގެން ހަ މަސްދުވަހށް ނުވަތަ ޕާސްޕޯޓުގެ މުއްދަތު ހަމަަވަންދެން އިނގިރޭސިވިލާތަށް އެއް ދަތުރަށްވުރެ ގިނަ ދަތުރުކުރެވޭނެ ކަމުގައި އެ ބަޔާނުގައި ބުނެފައިވެ އެވެ. 

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އިނގިރޭސިވިލާތުން ނިންމާފައިވަނީ 2 އޭޕްރީލް 2025 އިން ފެށިެގން އެ ގައުމަށް ދަތުރުކުރާ އިނގިރޭސިވިލާތާއި އަޔަލެންޑުގެ ރައްޔިތުން ފިޔަވައި ހުރިހާ ގައުމެއްގެ ރައްޔިތުންވެސް އިނގިރޭސިވިލާތަށް ދަތުރުކުރުމުގެ ކުރިން އީޓީއޭއަށް ރިކުއެސްޓުކުރަންޖެހޭނެ އެވެ. 

އިނގިރޭސި ސަރުކާރާ ހަވާލާދީ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މި ބަދަލުތައް ގެނައީ އިނގިރޭސިވިލާތުގެ ބޯޑާ ކޮންޓްރޯލު ސެކިއުރިޓީ ޑިޖިޓައިޒްކޮށް އިތުރަށް ހަރުދަނާކޮށް އިމިގުރޭޝަން ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމުގެ މަގުސަދުގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.