މާލެއާއި ހުޅުމާލޭގެ ބައެއް ހިސާބުތަކުން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމުން އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެކަމުގެ ސަބަބުން އުފުލަންޖެހޭ ތަކުލީފާއި ކުރިމަތިވާ ދަތިތަކާ ގުޅިގެން ސްޓެލްކޯއިން މައާފަަށް އެދިފައިވެ އެވެ.

ސްޓެލްކޯގެ އިމާރާތް

މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަަރަންޓު ކެނޑިދާނެކަމަށް މާލޭ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދޭ ސްޓެލްކޯއިން ބުނެފި އެވެ. 

ސްޓެލްކޯއިން ސޯޝަލް މީޑިޔާގައި އާންމުކުރި ޕޯސްޓެއްގައި ބުނީ މާލެއިން މިއަދު ކަރަންޓު ކެނޑޭނެކަމަށް ބެލެވެނީ އަލިކިލެގެފާނު މަގާއި، ކަޅުހުރާ މަގާއި، ބޮކަރުމާ ގޯޅި ހިމެނޭ ސަރަހައްދުން ކަމަށެވެ. 

ސްޓެލްކޯއިން ބުނި ގޮތުގައި އެ ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެކަމަށް އަންދާޒަކުރެވެނީ ހެނދުނު 9:30 އާއި 11:30 އާ ދެމެދުގެ ވަގުތެއްގަަ އެވެ. 

ހުޅުމާލެއިން ކަރަންޓު ކެނޑޭނެކަމަށް އެ ކުންފުނިން ބުނެފައިވާ ސަރަަހައްދަކީ ހުޅުމާލޭ ފުރަތަމ ފިޔަވަހީގެ އަސުރުމާ ހިނގުމާއި ޗަނބޭލީ މަގު ގޯޅި ތިނެއް ހިމެނޭ ސަރަހައްދެވެ. 

އެ ސަރަހައްދުން ކަރަންޓު ކެނޑޭނެކަމށް ސްޓެލްކޯއިން ލަފާކުރަނީ މެންދުރުފަހު 1:30 އާއި ހަވީރު 3:00 އާ ދެމެދުގަ އެވެ. 

މި ދެ ސަރަހައްދުން ކަރަންޓު ކެނޑޭނެކަމަށް ލަފާކުރަނީ މާލޭ ސަރަހައްދުގެ ކަރަންޓު ގްރިޑް އަދާހަމަކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާތީ އެވެ. 

މާާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމުން އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެކަމުގެ ސަބަބުން އުފުލަންޖެހޭ ތަކުލީފާއި ކުރިމަތިވާ ދަތިތަކާ ގުޅިގެން ސްޓެލްކޯއިން މައާފަަށް އެދިފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.