ޔާމީން ރަޝީދުގެ ކާޓޫނަކާއެކު މަގުތަކުގެ އަމާންކަމާ ގުޅޭ ގޮތުން ރައީސްގެ ވަރުގަދަ މެސެޖެއް

އެންމެންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު އެދިވަޑައިގަތީ އެންމެން ގުޅިގެން މަގުތަކަކީ އެންމެންނަށް ރައްކާތެރި ތަންތަން ކަމުގައި ހެދުމަށް މަސައްކަތް ކޮށްދިނުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ދިވެހިރާއްޖޭގެ މަޝްހޫރު އެނިމޭޓަރު ޔާމީން ރަޝީދު ތައްޔާރުކޮށްފައިވާ ކުރު ކާޓޫނު ވީޑިއޯއެއް ހިއްސާކުރެއްވުމާއެކު މަގުތަކުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މުހިއްމު އިލްތިމާސެއް ރައްޔިތުންނަށް ރައްދު ކުރައްވައިފި އެވެ. 

އެކްސްގައި ރައީސް ޝާއިއުކުރެއްވި ޕޯސްޓުގެ ވީޑިޔޯގައި ފެންނަނީ ބައްޕަޔަކު އޭނާގެ ހަމައެކަނި ދަރިފުޅަށް ހަދިޔާއަކަށް ދިނުމަށް އަތުކުރީ ގަނޑިއެއް ހިފައިގެން ސައިކަލުގައި ދަނިކޮށް ބާރަށް ދުއްވާފައި އައި ކާރެއް ސައިކަލާ ފައްތަރުވާ ތަނެވެ. 

ކާރު ދުއްވައިން އިން މީހާ ކާރުން ނުކުމެގެން އައިސް ސައިކަލުން ވެއްޓިފައި އޮތް މީހާ ފުރޮޅާލައި ކާކުތޯ ބަލައިލުމުން އޭނާއަށް މަރުވެފައި އޮއްވައި ފެންނަނީ އޭނާގެ ބައްޕައެވެ. އެހިސާބުން ބައްޕަގެ ކިނބައިން މައާފަށް އެދި އޭނާ ރޮއެވެ. 

މި ކާޓޫނު ހިއްސާކުރައްވަމުން ރައީސް ލިޔުއްވާފައިވަނީ "ފުރާނައަކީ އަގުހުރި އެއްޗެއް، ރައްކާތެރިކޮށް ދުއްވާ،" އެ މެސެޖެވެ. އެއާއެކު އެންމެންގެ ކިބައިން އެމަަނިކުފާނު އެދިވަޑައިގަތީ އެންމެން ގުޅިގެން މަގުތަކަކީ އެންމެންނަށް ރައްކާތެރި ތަންތަން ކަމުގައި ހެދުމަށެވެ. 

އިތުރަށް ރައީސް ވިދާޅުވެފައިވަނީ އަމިއްލަ އަތްތަކުން ކުރާ ނުރަނގަޅު ކަންތައް، އަލުން ރަނގަޅުކުރަން ފުރުސަތެއް ނުލިބިދާނެ ކަމަށެވެ. 

ރައީސްވަނީ އެ ކާޓޫނު ތައްޔާރުކުރި ޔާމީން ރަޝީދަށާއި އޭނާގެ ސެލްމިން އެނިމޭޝަން ސްޓޫޑިއޯއަށް ހޭލުންތެރިކަން އިތުރުކުރުމަށް އެފަދަ މަސައްކަތެއް ކުރީތީ ޝުކުރު އަދާކުރައްވާފަ އެވެ. 

ޔާމީން ރަޝީދަކީ ގިނަ ބައެއްގެ މަގުބޫލުކަމާއި ސަމާލުކަން ހޯދި ދިވެހި އެނިމޭޓެޑް ސީރީސް ދޫނި ރާއްޖެ ސީރީސް އެކުލަވައިލައްވައި އުފެއްދެވި ބޭފުޅާ އެވެ. އޭނާއަކީ ރާއްޖޭގައި މިހާރު ހުންނެވި އެންމެ މަގުބޫލު އެނިމޭޓަރެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.