ހުޅުމާލޭ ފުލުހުންގެ ވެރިޔާ ދާއޫދު އެސިސްޓެންޓް ކޮމިޝަަނާގެ މަގާމަށް ޕްރޮމޯޓުކޮށްފި

ދާއޫދަކީ ފުލުހުންގެ އެކި ޑިޕާޓުމެންޓުގެ އެންމެ މަތީ ފަންތީގެ މަގާމުތައް އަދާކުރައްވާފައިވާ ފުލުހުންގެ ހިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ.

އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ޕްރޮމޯޓުކުރި ދާއޫދަށް ޕްރޮމޯޝަނުގެ ލިޔުން މިނިސްޓަރު އިހުސާން ހަވާލުކުރައްވަނީ، ފޮޓޯ: ސަރުކާރު

ހުޅުމާލޭ ފުލުހުން ސްޓޭޝަނުގެ ވެރިޔާގެ މަގާމުގައި ހުންނެވި ސްޕްރިންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސްގެ ރޭންކަށް ޕްރޮމޯޓުކޮށްފި އެވެ. 

ދާއޫދު އެ މަގާމަށް ޕްރޮމޯޓުކުރައްވައި އޭނާއާ މަގާމު ހަވާލުކުރެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ކެޕްޓަން ރިޓަޔާޑް އަލީ އިހުސާނެވެ. 

ދާއޫދަކީ ފުލުހުންގެ އެކި ޑިޕާޓުމެންޓުގެ އެންމެ މަތީ ފަންތީގެ މަގާމުތައް އަދާކުރައްވާފައިވާ ފުލުހުންގެ ހިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. 

އެގޮތުން އޭނާއަކީ ރޯޑް ޕޮލިސްގެ އެންމެ އިސްވެރިޔާގެ މަގާމާއި، ޑިޓެކްޓިވް އިންވެސްޓިގޭޝަން އޮފިސަރުގެ މަގާމާއި، ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓުގެ ޑެޕިއުޓީ ހެޑުގެ މަގާމު އަދާކުރައްވާފއިވާ ބޭފުޅެކެވެ. 

ދާއޫދަކީ ސުލޫކީ މައްސަލަތަކެއް ހުރިކަމަށް ބުނެ ފުލުހުންގެ މަގާމުން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމި ބޭފުޅެކެވެ. ނަމަވެސް އޭނާއާއެކު އެ މަގާމުން ވަކިކުރުމަށް ނިންމި ބޭފުޅުން ބޯޑުގެ ނިންމުން ކޯޓަށް ހުށަހެޅުމުން ކޯޓުންވަނީ އެ ބޭފުޅުން ވަކިކުރުން ހުއްޓުވާފަ އެވެ. 

އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސްއަކީ ފުލުހުންގެ މުއައްސަސާގެ ތެރެއިން އިދާރީ ގޮތުން ޕްރޮމޯޝަން ދެވޭ އެންމެ މަތީ ރޭންކެވެ. އޭގެ މަތީ ދެ ރޭންކުކަމަށްވާ ކޮމިޝަނާ އޮފް ޕޮލިސް އަދި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ރޭންކަށް ބޭފުޅުން އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.