އަހުމަދަކީ އެކައުންޓިން ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ޗާޓާޑް އެކައުންޓެންޓެކެވެ. ކެބިނެޓް ސެކްރެޓަރީގެ މަގާމަށް ވަޑައިގަތުމުގެ ކުރިން އޭނާ ހުންނެވީ އެޕޯލޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑުގެ ޖެނެރަލް މެނޭޖަރުގެ މަގާމުގަަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ކެބިނެޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަހްމަދު އަލީ ހަބީބު ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސްގެ ބޯޑަށް އައްޔަންކުރުމަށް ސަރުކާރުން ނިންމައިފި އެވެ.
ބީއެމްއެލްއިންވަނީ އަންނަ ހޮނިހިރުދުވަހު އެ ކުންފުނީގެ ބޯޑަށް ޑިރެކްޓަރުން އައްޔަަންކުރުމަށް އާދަޔާ ހިލާފު އާންމު ބައްދަލުވުމެއް ބާއްވަން ނިންމާފަ އެވެ. އެ ބައްދަލުވުމުގައި ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރުމަށް ސަރުކާރުންވަނީ ތިން ބޭފުޅެއްގެ ނަންފުޅު ފޮނުވާފަ އެވެ.
އަހުމަދަކީ އެކައުންޓިން ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ޗާޓާޑް އެކައުންޓެންޓެކެވެ. ރައީސްގެ ކެބިނެޓް ސެކްރެޓަރީގެ މަގާމަށް ވަޑައިގަތުމުގެ ކުރިން އޭނާ ހުންނެވީ އެޕޯލޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑުގެ ޖެނެރަލް މެނޭޖަރުގެ މަގާމުގަ އެވެ.
އޭގެ އިތުރަށް 2012 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ބޯޑު މެންބަރުކަންވެސް ހަބީބުވަނީ ކުރައްވާފަ އެވެ.
މި އަހަރު މިހާތަނަށް ބީއެމްއެލްގެ ދެ އާންމު ބައްދަލުވުން ބާއްވާފައިވެ އެވެ. އެ ދެ ބައްދަލުވުމަކީވެސް ކުންފުނީގެ ބޯޑަށް މެންބަރުން އައްޔަންކުރުމަށް ބާއްވާފައިވާ ބައްދަލުވުންތަކެވެ.
ބީއެމްއެލް ބޯޑު އެކުލެވިފައިވަނީ ސަރުކާރުން އައްޔަންކުރާ އަށް މެންބަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑުގައި ތިއްބަވާ ތިން މެންބަރުންގެ މައްޗަށެވެ. މިވަގުތު ބޯޑުގައި ތިއްބެވީ އަށް މެންބަރުންނެވެ.
ބޯޑުގެ މެންބަރުކަމުގައި އެންމެ ގިނަ ދުވަސްވީ އެއް ބޭފުޅާކަމަށްވާ މިހާރު ބީއެމްއެލް ހިންގަވަމުންދާ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރުއްދީންވަނީ ބޯޑުގެ މެންބަރުކަމުން އިސްތިއުފާދެއްވާފަ އެވެ.