ފަހި ދިރިއުޅުން ފުލެޓުތަައް؛ 24 ޓަވަރުގެ ސްޓްރަކްޗާ ނިމިއްޖެ، ފިނިޝިން އަހަރުގެ ނިޔަލަށް ނިމޭނެ

ފުލެޓުތަކުގެ ތެރެއިން ޖުމްލަ 24 ޓަވަރެއްގެ ސްޓްރަކްޗަރަލް މަސައްކަތް މިހާރު ނިމިފައިވާކަން ފާހަގަކުރައްވައި ހަމްދާނު ވިދާޅުވީ މިހާރު އެތަންތަނުގައި ކުރިއަށްދަނީ ފިނިޝިން މަސައްކަތް ކަމަށެވެ.

ފަހި ދިރިއުޅުން ކުންފުނިން އަޅާ އަމާން އުދަރެސް ފްލެޓުތައް

ކުރީ ސަރުކާރުން އިންޑިޔާގެ އެގްޒިމް ބޭންކުން ލޯނެއް ނަގައިގެން ފެށި 4،000 ހައުސިން ޔުނިޓުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިމޭނެކަމަށް އެ މަސައްކަތް ކުރާ ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓާ (އެމްޑީ) ހަމްދާން ޝަކީލު ވިދާޅުވެއްޖެ އެވެ. 

ހަމްދާން މިފަދައިން ވިދާޅުވީ އެސްއެސްޓީވީގެ ޕްރޮގުރާމެއްގައި ރޭ ދެއްކެވި ވާހަކަފުޅުގަ އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެ ފުލެޓުތަކުގެ މަސައްކަތް މި ސަރުކާރުން އަންނަނީ ވަރަށް ބާރުމިނުގައި ހުއްޓުމެއް ނެތި ކުރަމުންނެވެ. 

އެ ފުލެޓުތަކުގެ ތެރެއިން ޖުމްލަ 24 ޓަވަރެއްގެ ސްޓްރަކްޗަރަލް މަސައްކަތް މިހާރު ނިމިފައިވާކަން ފާހަގަކުރައްވައި ހަމްދާނު ވިދާޅުވީ މިހާރު އެތަންތަނުގައި ކުރިއަށްދަނީ ފިނިޝިން މަސައްކަތް ކަމަށެވެ. އަދި ބާކީ ހުރި އަށް ޓަވަރުގެ ސްޓްރަކްޗަރަލް މަސައްކަތްވެސް ވަރަށް ހަލުއިކޮށް ކުރިއަށްދާ ކަމަށް ހަމްދާނު ވިދާޅުވި އެވެ. 

"މި އަހަރު ނިމުމުގެ ކުރިން ހުރިހާ ޓަވަރެއްގެ މަސައްކަތް ނިމި، މެޖޯރިޓީ ޓަވަރުތަކުގައި ބޮޑުބައެއް ފިނިޝިން މަސައްކަތްތައް ވެސް ނިންމާލެވޭނެ. ޕްލޭންކޮށްފަ އޮތީ ނިމޭ ވަރަކަށް ހަވާލުކުރަން. އެގޮތުން އެންމެ ފަހު ޓަވަރު އަޅުގަނޑުމެން ހޭންޑްއޯވާކުރަން ނިންމާފައި އިންނާނީ ޖުލައި 25 އަށް،" ހަމްދާން ވިދާޅުވި އެވެ. 

އެފްޑީސީގެ އެމްޑީ ހަމްދާން ޝަކީލް "މި" ނޫހަށް އިންޓަވިއުއެއް ދެއްވަނީ

ހަމްދާން ވިދާޅުވި ގޮތުގައި އެފްޑީސީގެ އަމާޒަކީ ޓަވަރުތަކުގެ މަސައްކަތް ނިމޭ މިންވަރަކުން ފުލެޓުތައް ހަވާލުކުރަމުންދިއުމެވެ. 

ހަމްދާން ފާހަގަކުރެއްވި ގޮތުގައި ކުރީ ސަރުކާރުން އެ މަޝްރޫއު ބައްޓަންކޮށްފައި އޮތީ މަޝްރޫއުގެ ސްކޯޕުގެ ތެރޭގައި އިމާރާތެއްގައި ބަޔަކު ދިރިއުޅޭއިރު އެ އިމާރާތަކުން ލިބެންޖެހޭ ވަރަށް ގިނަ މުހިއްމު ހިދުމަތްތއް އުނިކޮށްފަ އެވެ. ނަމަވެސް އެ ހިދުމަތްތައް މަޝްރޫއުގެ ތެރެއިންނާއި ބޭރުން ފުރިހަމަކުރުމަށް އެފްޑީސީން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ހަމްދާން ދެއްވި އެވެ. 

އެގޮތުން ކުނި ކޮތަޅުތައް ލިފްޓަށް އެރުވުމުގެ ބަދަލުގައި ކޮންމެ ފުލޯއެއްގއި ގާބޭޖު ޝޫޓު ބެހެއްޓުމަށް މިހާރު ނިންމާފއިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އެއީ ކުރިން މަޝްރޫއުގެ ދާއިރާގެ ތެރޭގައި ހިމަނާފައި އޮތް ކަމެއް ނޫންކަން ހަމްދާން ފާހަގަކުރެއްވި އެވެ. 

މިފަދައިން މަޝްރޫއުގެ ދާއިރާގެ ތެރޭގައި ހިމަނާފައިނުވާ ހިދުމަތްތައް ފުރިހަމަކުރުމަށް އިތުރު 454 މިލިއަން ރުފިޔާ ހޯދުމުގެ މަސައްކަތް މިހާރު ފަހި ދިރިއުޅުން ކޯޕަރޭޝަނުން ކުރަމުންދާކަމަށްވެސް އެމްޑީ ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދޮޅު މަހެއްހައި ދުވަސް ތެރޭގައި އެ ފައިސާ ހޯދައި އެ ހިދުމަތްތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތްތައް ފެށޭވަރު ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.