ޗައިނާ ފަތުރުވެރިންގެ އަދަދު ދެ ލައްކައަށް، ރަޝިޔާ ދޮޅު ލައްކައަށް

މި އަހަރުގެ މިހާތަނަށް ޗައިނާއިން 202،613 ފަތުރުވެެރިން ރާއްޖެއަށް އައިސްފައިވެ އެވެ. އަދި ރަޝިޔާއިން 149،920 ފަތުރުވެރިން އައިސްފައިވެ އެވެ.

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާގެ އެއާލައިންއެއް ފަށަން ބޭއްވި ރަސްމިއްޔާތު -- އެމްއޭސީއެލް

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ޗައިނާ ފަތުރުވެރިންގެ އަދަދު ދެ ލައްކައަށް އަރާފައިވާއިރު، ރަޝިޔާއިން އައި ފަތުރުވެރިންގެ އަދަދު ދޮޅު ލައްކައާ ކައިރިއަށް އިތުރުވެއްޖެ އެވެ. 

ޓޫރިޒަމް މިނިސްޓްރީން އާންމުކުރަމުންދާ ފަތުރުވެރިކަމުގެ ޑެއިލީ އަޕްޑޭޓްސްގައި ބުނެފައިވާ ގޮތުގައި  މި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް 1،386،530 (އެއް މިލިއަން ތިން ލައްކަ އަށްޑިހަ ހަހާސް ފަސް ސަތޭކަ ތިރީސް) ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ. 

މި މަހުގެ ފުރަތަމަ ހަތް ދުވަހުގައި 27،322 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ. ފާއިތުވި އަހަރުގެ ސެޕްޓެންބަރުގެ އެ މުއްދަތުގައި 28،039 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. އެހެންކަމުން މި އަހަރުގެ އެ މުއްދަތުގައި އައި ފަތުރުވެރިންގެ އަދަދު 2.6 އިންސައްތަ މަދުވެފައިވެ އެވެ. 

މި އަހަރުގެ މިހާތަނަށް ޗައިނާއިން 202،613 ފަތުރުވެެރިން ރާއްޖެއަށް އައިސްފައިވެ އެވެ. އަދި ރަޝިޔާއިން 149،920 ފަތުރުވެރިން އައިސްފައިވެ އެވެ. މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައީ ޗައިނާއިންނެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން އައީ ރަޝިޔާއިންނެވެ. 

މި އަހަރުގެ މިހާތަނަށް އައިއިރު އެވެރެޖުކޮށް ދުވާލަކު 5،524 ފަތުރުވެރިން ރާއްޖެއަށް އާދެ އެވެ. އެވެރެޖުކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިން 7.7 ދުވަސް ރާއްޖޭގައި ހޭދަކުރެ އެވެ. 

ސަރުކާރުން އަމާޒު ހިފާފައިވަނީ މި އަހަރު ނިމުމުގެ ކުރިން ދެ މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އޮކްޓޯބަރު މަހުން ފެށިގެން ފަތުރުވެރިން އަންނަ މިންވަރު އަބަދުވެސް އިތުރުވާތީ އަހަރު ނިމުމުގެ ކުރިން އެ އަދަދަށް ފަތުރުވެރިން އަންނާނެ ކަމުގައި ބެލެވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.