ރައީސާ ބައްދަލެއް ނުކުރަން، މަޝްހޫރުކަން ހޯދަން އަޅުގަނޑުގެ ނަން ބޭނުން ނުކުރޭ: އަދީބު

އެ ތުހުމަތު ކުރައްވާ ފުރަތަމަ އެ ވާހަކަފުޅު ދެއްކެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ގެކޮޅު -- ހ. ދޫވެހީގައި އޮތް ފްރަންޓް އޮފީސް ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު އަދި ރައީސް ޑރ. މުހައްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅެއް ގައި ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބާއި ބައްދަލު ކުރެއްވި ކަމަށް ކުރެވޭ ތުހުމަތު އަދީބު ވެސް ދޮގު ކުރައްވައިފި އެވެ.

އެ ތުހުމަތު ކުރައްވާ ފުރަތަމަ އެ ވާހަކަފުޅު ދެއްކެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ގެކޮޅު -- ހ. ދޫވެހީގައި އޮތް ފްރަންޓް އޮފީސް ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޔާމީން ވިދާޅުވީ ސިންގަޕޫރުގައި ރައީސް މުއިއްޒާއި އަހްމަދު އަދީބު ބައްދަލު ކުރެއްވި ކަމަށާ އެކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ ސައްތައިން ސައްތަ ތެދު ވާހަކައެއް ކަމަށް ވިދާޅުވި އެވެ.

"ދެން [ރައީސް] މުއިއްޒު މިދޭތެރެއިން ސިންގަޕޫރަށް ކުރި ދަތުރުގައި އަދީބާ ބައްދަލުކުރިކަން އަޅުގަނޑަށް އެނގޭ އިނގޭތޯ. އެއީ ހަމަ އެއްވެސް ޝައްކެއް ނެތް ކަމެއް އެނގޭތޯ،" މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ އޮތް ޖަލްސާ ގައި ޔާމީން ވިދާޅުވި އެވެ.

އެކަން ދޮގުކުރައްވާ އަދީބު ވިދާޅުވީ ރައީސް ޑރ މުއިއްޒުއާ އޭނާ ބައްދަލު ނުކުރައްވާ ކަމަށެވެ. އެ ވާހަކަ ދެއްކެވީ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ކަމަށް ދެކެވަޑައިގެން ޖަމީލަށް އަދީބު ފާޑު ވިދާޅުވި އެވެ. އަދީބު ވަނީ 2015 ވަނަ އަހަރު އޭނާ ހުރަގޭގައި އޮއްވާ، މޯލްޑިވްސް ޔުނައިޑެޓް އޮޕޮޒިޝަން ކިޔާ ހަރަކާތެއް އުފައްދާ އޭގެ އެޑްވައިޒަރަކަށް އޭނާ ލައިގެންއަދި އެ ހަރަކާތުގެ ރައީސަކަށް ޑރ. ޖަމީލް ހުންނަވައިގެން ރައީސް ޔާމީނުގެ ވެރިކަން ވައްޓާލި ކަން ހަނދާން ކޮށް ދެއްވާފަ އެވެ.

އަދި ވިދާޅުވީ ސިޔާސީ ގޮތުން ތިމާގެ ނަފްސު މަޝްހޫރު ކުރުވުމަށް އޭނާގެ ނަން ބޭނުން ނުކުރެއްވުމަށެވެ.

ޔާމީންގެ އެ ތުހުމަތުތައް ރައީސް މުއިއްޒު ވެސް ވަނީ ދޮގު ކުރައްވާފަ އެވެ. މަނިކުފާނު ވިދާޅުވީ ރައީސް ޔާމީނާއެކު ތިއްބެވި ބައެއް ބޭފުޅުން އެފަދަ ދޮގު މައުލޫމާތު އެމަނިކުފާނަށް ދެއްވަނީ ކީއްވެގެން ކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ކެބިނެޓްގައި އިންނަވާ ޖާސޫސު ކުރައްވާ އަދީބަށް މައުލޫމާތު ދެއްވި ކަމަށް ކުރައްވާ ތުހުމަތުގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ.

އެމަނިކުފާނަކީ ދުވަހަކުވެސް އަހްމަދު އަދީބު އަތުން އެއްވެސް މިންވަރަކަށް ފައިސާ ހޯދާފައިވާ މީހެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑަކީ އެއްވެސް އިރަކު އަދީބާ މާ ގާތްކޮޅުން އުޅުނު މީހެއް ވެސް ނޫން،" އަދީބު ބާރުގައި ހުންނެވި ދުވަސްވަރު އެހެން ބައެއް ވަޒީރުން އުޅުއްވި ގޮތަށް އޭނާއާ ގާތްކޮށް ނޫޅުއްވާ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފިނިފެންމާ ލޯންޗުގެ ހާދިސާއަށް ފަހު އަދީބުއާ ބައްދަލްވެފައި ނުވާ ކަމަށެވެ. ބޮންގޮއްވި ހާދިސާގެ ފަހުން އެ ދުވަހަކު ސަހަރާ އިން އޭނާ ފެނުނު ކަމަށާ ނަމަވެސް އެ ދުވަހު ވެސް ބައްދަލު ކުރައްވާފައިނުވާނެ ކަމަށެވެ.

އަދި އެމަނިކުފާނު ސިންގަޕޫރުގައި އަދީބާ ބައްދަލު ކުރެއްވި ކަމަށް ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ ހައިރާންވޭ އެމަނިކުފާނު [ރައީސް ޔާމީން] އެފަދަ ވާހަކަތައް ގަބޫލު ކުރައްވާތީ،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.