ޔާމީންގެ ތުހުމަތެއް: ސިންގަޕޫރުން ރައީސް މުއިއްޒާއި އަދީބު ބައްދަލު ކުރެއްވި

"ދެން [ރައީސް] މުއިއްޒު މިދޭތެރެއިން ސިންގަޕޫރަށް ކުރި ދަތުރުގައި އަދީބާ ބައްދަލުކުރިކަން އަޅުގަނޑަށް އެނގޭ އިނގޭތޯ. އެއީ ހަމަ އެއްވެސް ޝައްކެއް ނެތް ކަމެއް އެނގޭތޯ،"

ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު އަދި ރައީސް ޑރ. މުހައްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެންމެ ފަހުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބާއި ބައްދަލު ކުރެއްވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގެކޮޅު -- ހ. ދޫވެހީގައި ރޭ އޮތް ފްރަންޓް އޮފީސް ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޔާމީން ވިދާޅުވީ ސިންގަޕޫރުގައި ރައީސް މުއިއްޒާއި އަހްމަދު އަދީބު ބައްދަލު ކުރެއްވި ކަމަށާ އެކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ ސައްތައިން ސައްތަ ތެދު ވާހަކައެއް ކަމަށް ވިދާޅުވި އެވެ.

"ދެން [ރައީސް] މުއިއްޒު މިދޭތެރެއިން ސިންގަޕޫރަށް ކުރި ދަތުރުގައި އަދީބާ ބައްދަލުކުރިކަން އަޅުގަނޑަށް އެނގޭ އިނގޭތޯ. އެއީ ހަމަ އެއްވެސް ޝައްކެއް ނެތް ކަމެއް އެނގޭތޯ،"

ވެރިކަމަށް ވަޑައިގެންނެވި ފަހުން ރައީސް މުއިއްޒު، ދެތީން ފަހަރެއްގެ މަތީން ސިންގަޕޫރަށް ވަޑައިގެންނެވި އެވެ. އެންމެ ފަހުން ވަޑައިގެންނެވީ މީގެ ދެތީން މަހެއް ކުރީންނެވެ. އެއީ ނުރަސްމީ ދަތުރުފުޅެކެވެ. މިހާރު ވެސް ރައީސް ހުންނެވީ ސިންގަޕޫރުގަ އެވެ. ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގަ އެވެ. އަހްމަދު އަދީބު ވެސް މިހާރު ދިރިއުޅުއްވަނީ ސިންގަޕޫރުގަ އެވެ.

ޔާމީން ވިދާޅުވީ ރައީސް ސޯލިހާއި ކުރީގެ ޕީޖީ ހުސައިން ޝަމީމަކީ އަދީބުގެ އަތްޕުޅުން ފައިސާ ހޯއްދެވި ބޭފުޅުން ކަމަށެވެ. އަދި ސީދާ ރައީސް ސޯލިހް، އަދީބުގެ ގެކޮޅަށް ވަޑައިގެން ތިރީސް އެތައް މިލިއަން ރުފިޔާއެއްގެ ނަގުދު ފައިސާ ގެންދިޔަކަން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އޭރު އަދީބު ހުންނެވީ ނާއިބު ރައީސަކަށް ކަމަށް ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނު ޖަލުގައި ބޭއްވެވީ ރާއްވައިގެން ރައީސް ސޯލިހެވެ. އަދި އެކަން ކުރެއްވީ މަގާމުގައި ދެމި ހުންނެވުމުގެ ބޭނުމުގައި ކަމަށް ވިދާޅުވި އެވެ.

"ﷲގެ ތަގުރީރު މާވަރުގަދަ. މައްސަލަ ބަލާކަށް އޭނަ [ރައީސް ސޯލިހަކަށް] މަގާމަކު ނުހުންނެވުނު. އެކަމަކު އޭނަ [ރައީސް ސޯލިހް] ކަށަވަރު ކުރި އަޅުގަނޑު ޖަލުގައި ބާއްވަން. އޭރަށްށޭ އަޅުގަނޑަށް ފުރުސަތެއް އޮތީ. އެކަމަކު އެ ފުުރުސަތެއް ﷲ މިންވަރެއް ނުކުރެއްވި. އެހެން ނަމަވެސް ކޮންމެވެސް ކެހިވެރި އަކަށް [ރައީސް މުއިއްްޒަށް] އެ ފުރުސަތު ލިބުނީ،" ޔާމީން ރޭ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.