ރަސްމީ ދަތުރުފުޅެއްގައި މަޖިލީހުގެ ރައީސް ޗައިނާއަށް

މި ދަތުރުފުޅުގައި އަބްދުއްރަހީމް އަރިހުގައި ވެރިކަންކުރާ ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ތިން ޑެޕިއުޓީ ލީޑަރުން ބައިވެރިވެވަޑައިގަންނަވަ އެވެ.

ޗައިނާއަށް ފުރާވަޑައިގަތުމުގެ ކުރިން މަޖިލީހުގެ ރައީސް އަބްދުއްރަހީމް، ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަތުމަށް ރޭ ފުރާވަޑައިގެންފި އެވެ. 

މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅަކީ މިއަދުން ފެށިގެން އަންނަ ހުކުރުދުވަހުގެ ނިޔަލށް ޗައިނާގއި އޮންނަ ކުރިއަރަމުން އަންނަ ގައުމަތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ސެމިނާއެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. 

މި ސެމިނާއަކީ އިންޓަ-ޕާލިމަންޓަރީ ޔޫނިއަނާއި ޗައިނާގެ ސަރުކާރު ގުޅިގެން ބާއްވާ ސެމިނާއެކެވެ. ސެމިނާގެ މައުޟޫއަކީ ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތަކެވެ. 

ދަތުރުފުޅުގެ ބައިވެރިންނާއެކު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ފޮޓޯ: މަޖިލިސް

މި ދަތުރުފުޅުގައި އަބްދުއްރަހީމް އަރިހުގައި ވެރިކަންކުރާ ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ތިން ޑެޕިއުޓީ ލީޑަރުން ބައިވެރިވެވަޑައިގަންނަވަ އެވެ. އެއީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އަދި ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލެވެ. 

އެ ބޭފުޅުންގެ އިތުރަށް މަޖިލީހުގެ ރައީސްގެ ބިއުރޯ ޗީފު ވިލިމާލޭ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނިހާން ހުސައިން މަނިކުވެސް އެ ދަތުރުފުޅުގައި އަބްދުއްރަހީމްގެ އަރިހުގައި ވަޑައިގަންނަވ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.