ނައީމާގެ މަރު: ރިފާސް ދައުވާއަށް ޖަވާބުދާރީއެއް ނުވި

މި މައްސަލައިގައި ތިން މީހުންގެ މައްޗަށް ޝަރީއަތް ހިންގަނީ ވަކިވަކިންނެވެ. އެގޮތުން މިއަދު އެންމެ ފުރަތަމަ ބާއްވާފައި ވަނީ ރިފާސްގެ ޝަރީއަތެވެ. މިއަޑުއެހުމުގައި ދައުލަތުން ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތިން ދައުވާ ވެސް އިއްވާފަ އެވެ.

ނައީމާގެ މަރުގެ ތުހުމަތު އޮތް ރިފާސް ޝަރީއަތުގެ މަޖިލީހުގައި --

ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގޭ ނައީމާ މޫސާ، 62، ގެ މަރުގެ މައްސަލައިގައި ދައުވާ ކޮށްފައިވާ އަބްދުލްވާހިދު ރިފާސްގެ މައްޗަށް ދައުވާތައް އިއްވި ނަމަވެސް މިއަދު ޖަވާބުދާރީ ވެވެން ނެތް ކަމަށް އޭނާގެ ފަރާތުން ބުނެފި އެވެ.

ނައީމާ މަރާލި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައި ވަނީ އެރަށު ތިން ޒުވާނުން ކަމަށްވާ އަބްދުލްވާހިދު ރިފާސް އާއި އަހުޒަމް އަބްދުއްޝުކޫރާއި ހަސަން ފަވާޒުގެ މައްޗަށެވެ. ތިން މީހުންގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގަ ބޭނުން ކުރުމުގެ ކުށުގެ ދައުވާ އަދި އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގައި ތިން މީހުންގެ މައްޗަށް ޝަރީއަތް ހިންގަނީ ވަކިވަކިންނެވެ. އެގޮތުން މިއަދު އެންމެ ފުރަތަމަ ބާއްވާފައި ވަނީ ރިފާސްގެ ޝަރީއަތެވެ. މިއަޑުއެހުމުގައި ދައުލަތުން ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތިން ދައުވާ ވެސް އިއްވާފަ އެވެ.

ދައުވާތައް އިއްވަމުން ދައުލަތުން ބުނެފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ ކުރަނީ އޭޕްރީލް 6، 2023 ދުވަހުގެ ދަންވަރު ނައީމާ ދިރިއުޅޭ ގެއަށް ވަދެ، ކަރަށާއި ބުރަކަށީގެ އެކި ތަންތަނަށް ހަމަލާދީގެން ނައިމާ މަރާލާފައިވާތީ ކަމަށެވެ. ކަރަށް ދިން ހަމަލާގައި، ނައީމާގެ ކަރު ބުރިކޮށްލަން މަސައްކަތް ކޮށްފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

ދެވަނަ ދައުވާ އަކަށް އިއްވާފައި ވަނީ އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާ އެވެ. ދައުލަތުން ބުނީ، އެދައުވާ ކޮށްފައި ވަނީ ނައީމާ މަރާލުމަށްފަހު ފަސްގަނޑުގައި ވަޅުގަނޑެއް ކޮނުމަށްފަހު ވަޅިތަކާއި، އަންގިތަކާއި، ލައިގެން ތިބި ޓީޝާޓުތަކާއި ޖިންސުތައް އަންދާލައި، ހެކި ނައްތާލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ ކޮށްފައި ވަނީ، ނައީމާ މަރާލުމަށްފަހު އޭނާ އޮތް ކޮޓަރު ތަޅުލާފައި ދިއުމުންނެވެ. ދައުލަތުން ބުނީ ލޭތަކާއެކު ނައީމާގެ ހަށިގަނޑު ކުނިވާން ދޫކޮށްލާފައިވާ ކަމަށާއި، ހަށިގަނޑު ފެނުނީ މަރުވިތާ 40 ގަޑިއިރު ފަހުން ކަމަށެވެ.

ދައުވާތައް އިއްވުމުން ރިފާސް ބުނެފައި ވަނީ ދައުވާތައް ސާފުވި ނަމަވެސް މިއަދު ޖަވާބުދާރީ ވެވެން ނެތް ކަމަށެވެ. އޭނާ ބުނީ، ބޮޑު ދައުވާތަކެއް ކަމުން ޖަވާބުދާރީ ވެވޭނީ ދިފާއީ ވަކީލާ ބައްދަލުކޮށް މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ. ރިފާސްގެ އެދުމަށް، ގާޒީ އަލީ އާދަމް ވަނީ ރިފާސް ޖަވާބުދާރީވުން ދެން އަންނަ ދުވަހަކަށް ފަސްކޮށްދެއްވާފަ އެވެ.

މި މައްސަލައިގައި ދެން ދައުވާކޮށްފައިވާ ފަވާޒާއި އަހުޒަމްގެ ޝަރީއަތް ވެސް މިއަދު އެބަ އޮތެވެ. ފަވާޒުގެ ބައި މިހާރު ކުރިއަށްދާއިރު އަހުޒަމްގެ ބައި އޮތީ މެންދުރު 1:00 ގައެވެ. މި ބައިތަކުގައި ވެސް މިއަދު އޮންނާނީ ދައުވާ އިއްވުމާއި ޖަވާބުދާރީވުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.