ޖަވާބުދާރީވާން ޝަމީމަށް ނޯޓިސް ފޮނުވަނީ

އެހެންކަމުން މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، ޖަވާބުދާރީވުމަށް ޝަމީމަށް ފަސް ދުވަހުގެ ނޯޓިހެއް ފޮނުއްވާނެ ކަމަށް މުގައްރިރު ހުސްނީ މުބާރިކް ވަނީ ވިދާޅުވެފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް: ޖަވާބުދާރީވާން ފަސް ދުވަހުގެ ނޯޓިހެއް ފޮނުވަން ކޮމެޓީން ވަނީ ނިންމާފައި --

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަކިކުރުމުގެ މައްސަލައިގައި ޖަވާބުދާރީ ވުމަށް ފަސް ދުވަހުގެ ނޯޓިސްއެއް މިއަދު ފޮނުވަން ޖުޑިޝަރީ ކޮމެޓީން ނިންމައިފި އެވެ.

ޝަމީމު މަގާމުން ވަކިކުރެއްވުމަށް ހުށަހަޅުއްވާފައި ވަނީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ޝާހިދު އެކަމަށް އެދިވަޑައިގެން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވި ސިޓީ އިއްޔެ އެ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ހުސްނީ މުބާރަކުވަނީ އިއްވަވާފަ އެވެ. އެ ސިޓީއާ ގުޅިގެން ކޮމެޓީގެ އިއްތިފާގުން ނިންމީ އެ މައްސަލަ ދިރާސާ ކުރުމަށްފަހު ގޮތެއް ނިންމުމަށެވެ.

ކޮމެޓީގެ ނިންމުން ބަލައިގަނެ، އެ މައްސަލަ ދިރާސާ ކުރަން މަޖިލީހުގެ ތަޅުމުން މިއަދު ވަނީ އެ ކޮމެޓީއަށް ފޮނުވާފަ އެވެ. މައްސަލަ ދިރާސާ ކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރު ޝާހިދު ހުށަހަޅުއްވާފައި ވަނީ ޝަމީމަށް ޖަވާބުދާރީ ވުމުގެ ފުރުސަތެއް ދިނުމަށެވެ.

ކޮމެޓީގެ ހުރިހާ މެންބަރުންގެ އިއްތިފާގުން އެ ހުށަހެޅުން ވަނީ ފާސްކޮށްފަ އެވެ. އެހެންކަމުން މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، ޖަވާބުދާރީވުމަށް ޝަމީމަށް ފަސް ދުވަހުގެ ނޯޓިހެއް ފޮނުއްވާނެ ކަމަށް މުގައްރިރު ހުސްނީ މުބާރިކް ވަނީ ވިދާޅުވެފަ އެވެ.

މައްސަލަ ދިރާސާކުރަން ކޮމެޓީން ނިންމި ނިންމުމުގައި ވަނީ، ގާނޫނުއަސާސީގައި ބަޔާންކުރާ ގޮތުން ޕީޖީއަކީ ވަކި ފަރާތަކަށް ނުޖެހި އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއެކު، ހާމަކަމާއި ހަމަހަމަކަމާއެކު މަސައްކަތް ކުރައްވަން ޖެހޭ ބޭފުޅެއް ކަމުގައިވީ ނަމަވެސް އެގޮތާ ހިލާފަށް ޕީޖީ ކަމުގައި ހުންނަވައިގެން ޝަމީމު އަމަލުކުރައްވާފައިވާ ކަމަށެވެ.

ޕީޖީގެ މަގާމުގައި ހުންނަވައިގެން މިހާތަނަށް މަގާމުގެ ނުފޫޒު ބޭނުންކޮށްފައިވާ ބައެއް މައްސަލަތަކުގެ ހުލާސާވެސް އެ ރިޕޯޓުގައި ހިމަނާފައިވެ އެވެ. އެގޮތުން، ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުރެ އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކެއް ރޭޕުކުރިކަމަށް ތުހުމަތުވާ އަލީ ވަހީދުގެ މައްސަލަ ގާނޫނީ ސަބަބެއް ނެތި ފައިލުކުރެއްވުމާއި، ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ މައްޗަށް ކުރެވުނު ކޮރަޕްޝަނުގެ ތުހުމަތާ ގުޅިގެން އުފުލި ދައުވާ އަނބުރާ ގެންދިޔަ މައްސަލަ ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން، ސަފާރީ ރޭޕް ކޭސްގެ މައްސަލާގައި މެޖިސްޓްރޭޓު ކޯޓުން ކުރި ހުކުމް އިސްތިއުނާފު ނުކުރުމާއި ކުރީގެ މެންބަރު އަލީ ރިޒާގެ ކުންފުނީގެ މައްޗަށް އުފުލި އިންސާނީ ވަގުފާރީގެ މައްސަލަ އަނބުރާ ގެނައުންވެސް އޭނާ ވަކިކުރުމަށް ހުށަހެޅުއްވި ސަބަބުތަކުގެ ތެރޭގައި ފާހަގަކޮށްފައިވެ އެވެ.

އަދި، ޕީޖީ އޮފީހުގެ ޕްރޮސެކިއުޓަރުންތަކެއްގެ މަސްތުވާތަކެތީގެ މައްސަލައާއި، އިސްލާމް ދީނަށް ފުރައްސާރަކޮށް އެއް ޖިންސުން ގުޅުން ހިންގި ޕްރޮސެކިއުޓަރެއްގެ މައްސަލަ ނުބެލި ކަމުގެ ތުހުމަތު ވެސް ކޮށްފައިވެ އެވެ. މި މައްސަލަތައް ހިމެނޭހެން އަށް ކަމެއް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.