ޝަމީމު ވަކިކުރާ މައްސަލަ ބަލަން ކޮމެޓީއަށް ފޮނުވައިފި

ކޮމެޓީގެ ސިޓީ އިއްވެވުމުން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމެޓީއަށް ފޮނުއްވާފަ އެވެ. އެ މައްސަލަ މިއަދު 11:00 ގައި ޖުޑިޝަރީ ކޮމެޓީގައި ވަނީ މިހާރު ތާވަލު ވެސް ކޮށްފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް: އޭނާ ވަކިކުރުމުގެ މައްސަލަ ކޮމެޓީއަށް ވަނީ ފޮނުވާފައި --

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން މިހާރު އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމު ވަކިކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމެޓީއަށް ފޮނުވައިފި އެވެ.

ޝަމީމު މަގާމުން ވަކިކުރެއްވުމަށް ހުށަހަޅުއްވާފައި ވަނީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ޝާހިދު އެކަމަށް އެދިވަޑައިގެން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވި ސިޓީ އިއްޔެ އެ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ހުސްނީ މުބާރަކުވަނީ އިއްވަވާފަ އެވެ. އެ ސިޓީއާ ގުޅިގެން ކޮމެޓީގެ އިއްތިފާގުން ނިންމީ އެ މައްސަލަ ދިރާސާ ކުރުމަށްފަހު ގޮތެއް ނިންމުމަށެވެ.

ކޮމެޓީގެ ނިންމުން މިއަދު މަޖިލީހުގެ ތަޅުމުގައި ވަނީ އިއްވާފަ އެވެ. ކޮމެޓީގެ ނިންމެވުން އިއްވަވަމުން އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކުރާ ގޮތުން ޕީޖީއަކީ ވަކި ފަރާތަކަށް ނުޖެހި އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއެކު، ހާމަކަމާއި ހަމަހަމަކަމާއެކު މަސައްކަތް ކުރައްވަން ޖެހޭ ބޭފުޅެއް ކަމުގައިވީ ނަމަވެސް އެގޮތާ ހިލާފަށް ޕީޖީ ކަމުގައި ހުންނަވައިގެން ޝަމީމު އަމަލުކުރައްވާފައިވާ ކަމަށެވެ.

ޕީޖީގެ މަގާމުގައި ހުންނަވައިގެން މިހާތަނަށް މަގާމުގެ ނުފޫޒު ބޭނުންކޮށްފައިވާ ބައެއް މައްސަލަތަކުގެ ހުލާސާވެސް އެ ރިޕޯޓުގައި ހިމަނާފައިވެ އެވެ. އެގޮތުން، ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުރެ އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކެއް ރޭޕުކުރިކަމަށް ތުހުމަތުވާ އަލީ ވަހީދުގެ މައްސަލަ ގާނޫނީ ސަބަބެއް ނެތި ފައިލުކުރެއްވުމާއި، ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ މައްޗަށް ކުރެވުނު ކޮރަޕްޝަނުގެ ތުހުމަތާ ގުޅިގެން އުފުލި ދައުވާ އަނބުރާ ގެންދިޔަ މައްސަލަ ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން، ސަފާރީ ރޭޕް ކޭސްގެ މައްސަލާގައި މެޖިސްޓްރޭޓު ކޯޓުން ކުރި ހުކުމް އިސްތިއުނާފު ނުކުރުމާއި ކުރީގެ މެންބަރު އަލީ ރިޒާގެ ކުންފުނީގެ މައްޗަށް އުފުލި އިންސާނީ ވަގުފާރީގެ މައްސަލަ އަނބުރާ ގެނައުންވެސް އޭނާ ވަކިކުރުމަށް ހުށަހެޅުއްވި ސަބަބުތަކުގެ ތެރޭގައި ފާހަގަކޮށްފައިވެ އެވެ.

އަދި، ޕީޖީ އޮފީހުގެ ޕްރޮސެކިއުޓަރުންތަކެއްގެ މަސްތުވާތަކެތީގެ މައްސަލައާއި، އިސްލާމް ދީނަށް ފުރައްސާރަކޮށް އެއް ޖިންސުން ގުޅުން ހިންގި ޕްރޮސެކިއުޓަރެއްގެ މައްސަލަ ނުބެލި ކަމުގެ ތުހުމަތު ވެސް ކޮށްފައިވެ އެވެ.

ކޮމެޓީ ރިޕޯޓު އިއްވެވުމުން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމެޓީއަށް ފޮނުއްވާފަ އެވެ. އެ މައްސަލަ މިއަދު 11:00 ގައި ޖުޑިޝަރީ ކޮމެޓީގައި ވަނީ މިހާރު ތާވަލު ވެސް ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.