ކުށްކުރާ ކުދިން ގެންދާ "ހޯޕް އައިލެން" ކުރަހައި ނިންމައިފި

ހޯޕް އައިލެންޑަށް ގެންދާ ކުދިން އުމުރުން 18 އަހަރު ފުރެންދެން އެ ރަށުގައި ގެންގުޅުމަށްފަހު 18 އަހަރު ފުރުމުން ފުލުހުންގެ އިދާރާއިން ނުވަތަ ގައުމީ ދިފާއީ ބާރުން އެކުދިންނަށް ވަޒީފާ ހަމަޖެއްސުމަށް ނިންމާފައިވާ ކަމުގައި ސަރުކާރުން ބުނެފައިވޭ

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން
  •  ދ.ވާނީގައި ހަދާ ހޯޕް އައިލެންޑަށް ގެންދާނީ ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން
  •  އެތަނުުގައި އެކުދިން އުމުރުން 18 އަހަރު ފުރެންދެން ތިބޭނެ
  •  18 އަހަރު ފުރުމުން ސިފައިންގެ ނުވަތަ ފުލުހުންގެ ވަޒީފާއަށް އެކުދިން ނެރޭނެ

ކުށުގެ ވެށީގައި ތާށިވެފައިވާ ކުދިން ކުށްކުރުމުގެ ތެރެއިން ނެރެ އަނބުރާ މުޖުތަމައަށް ގެނައުމަށް ޕްރޮގުރާމުތައް ހިންގުމަށް ސަރުކާރުން ތަރައްގީކުރަން ނިންމާފައިވާ "ހޯޕް އައިލެންޑް"ގެ ކުރެހުމުގެ މަސައްކަތް ނިންމާލައިފި އެވެ. 

"ހޯޕް އައިލެންޑް"ގެ ނަމުގައި ތަރައްގީކުރާ ރަށަކީ ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން ކުށުގެ މާހައުލުން ބޭރުކުރުމަށްފަހު އެ ކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި ރިހެބިލިޓޭޓުކޮށް އިސްލާހުކުރުމަށް ގެންދަން ހާއްސަކޮށް ތަރައްގީކުރާ ރަށެކެވެ. 

ހޯޕް އައިލެންޑުގެ ނަމުގައި ތަރައްގީކުރާނީ ދ.ވާނީގަ އެވެ. 

"ސަރުކާރު" ނޫހަށް މަައުލޫމާތު ދެއްވަމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ ރަށުގެ ކުރެހުން ނިމިފައިވާއިރު ދެން އޮންނާނީ އެރަށް ތަރައްގީކުރުމަށް ފައިސާ ހަމަޖަައްސާ މޮޑެލްއަށް އިކޮނޮމިކް ކައުންސިލުގެ ރުހުން ހޯދުން ކަމަށެވެ. 

އަންނަ ހަފުތާ ތެރޭގައި ފައިނޭންސް މޮޑެލް އެކުލަވައިލުމަށްފަހު އެ މޮޑެލްއަށް ރުހުން ހޯދުމަށް އިކޮނޮމިކް ކައުންސިލަށް ހުށަހަޅުއްވާނެ ކަމުގައި އިހުސާން ވިދާޅުވި އެވެ. 

ހޯޕް އައިލެންޑާ ގުޅޭ ގޮތުން އިހުސާން ކުރިން ވިދާޅުވެފައިވަނީ އެރަށް ތަރައްގީކުރެވުމުން ކުށުގެ ވެށީގައި އުޅޭ ކުދިން ކުށުގެ ވެށިން ނަގައިގެން އެތަނަށް ގެންގޮސް ރަނގަޅު މުވާތިނުންގެ ގޮތުގައި އަނބުރާ މުޖުތަމައަށް އެކުދިން ނެރުމަށް ފަސޭހަވާނެ އެވެ. 

އެ މަސައްކަތަށް މަގުފަހިކުރުމުގެ ގޮތުން ގާނޫނު އިސްލާހުކޮށް ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ދަށްކުރަން ސަރުކާރުން ނިންމާފައިވެ އެވެ. އެ ނިންމުން ނިންމީ 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިން ކުށްތަކުގައި ޝާމިލުވާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާތީ އެވެ. 

ހޯޕް އައިލެންޑަށް ގެންދާ ކުދިން އުމުރުން 18 އަހަރު ފުރެންދެން އެ ރަށުގައި ގެންގުޅުމަށްފަހު 18 އަހަރު ފުރުމުން ފުލުހުންގެ އިދާރާއިން ނުވަތަ ގައުމީ ދިފާއީ ބާރުން އެކުދިންނަށް ވަޒީފާ ހަމަޖެއްސުމަށް ނިންމާފައިވާ ކަމުގައި ސަރުކާރުން ބުނެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.