އިންޑިއާ ފަތުރުވެރިން އިތުރުކުރުމުގައި އެއްބާރުލުން ދޭން އިންޑިއާ ސަރުކާރު ތައްޔާރު

ފައިސަލް އިތުރަށް ވިދާޅުވީ މިހުރިހާ ދާއިރާއަކުން ރާއްޖެއަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އިންޑިއާގެ ޓޫރިޒަމް މިނިސްޓަރު އޭނާއަށް ދެއްވާފައިވެ އެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް

ރާއްޖެއަށް އަންނަ އިންޑިއާ ފަތުރުވެރިން އިތުރުކުރުމަށް އިންޑިއާ ސަރުކާރުން އެހީތެރިކަން ދޭނެކަމުގެ ޔަގީންކަން ލިބިފައިވާކަން ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ހާމަކުރައްވައިފި އެވެ. 

ފައިސަލް އެކަން ހާމަކުރެއްވީ މިއަދު އެމްއެމްޕީއާރުސީއާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެމްއެމްޕީއާރުސީން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން  އިންޑިއާގައި ކުރިއަށްގެންދިޔަ ރޯޑްޝޯއެއްގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ފައިސަލްވަނީ އެ ގައުމުގެ ދެ މިނިސްޓަރަކާ ބައްދަލުކުރައްވާފަ އެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިއާގެ މިނިސްޓަރުންނާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ބައެއް ތަފުސީލުތައް މިނިސްޓަރުވަނީ ހިއްސާ ކުރައްވާފަ އެވެ. އެގޮތުން އެގައުމުގެ ޓުއަރިޒަމް މިނިސްޓަރާ ބައްދަލުކުރެއްވި ކުރެއްވުމުގައި ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރު ރާއްޖެއަށް އައި އިންޑިއާ ފަތުރުވެރިންގެ އަދަދު މަދުވެފައިވާތީ އެކަމުގެ ކަަންބޮޑުވުން ހިއްސާކުރެއްވި ކަމަށް ފައިސަލް ވިދާޅުވި އެވެ. 

އޭގެ އިތުރަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންޑިއާގެ އިންވެސްޓުމެންޓުތައް އިތުރުކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާއިން އިންސާނީ ވަސީލަތްތައް ބިނާކުރުމުގައި އެ ގައުމުގައި ދިވެހިންނަށް ތަމްރީނާއި ތައުލީމުގެ ފުރުސަތުތައް ފަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމުގައި ފައިސަލް ވިދާޅުވި އެވެ. 

ފައިސަލް އިތުރަށް ވިދާޅުވީ މިހުރިހާ ދާއިރާއަކުން ރާއްޖެއަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އިންޑިއާގެ ޓޫރިޒަމް މިނިސްޓަރު އޭނާއަށް ދެއްވާފައިވެ އެވެ. 

ފައިސަލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި އިންޑިއާއަކީ ރާއްޖެއާ ވަރަށް ކައިރީގައި އޮތް ބޮޑު އާބާދީއަކަށްވާތީ އިންޑިއާގެ ބާޒާރަކީ ދިވެހި ފަތުރުވެރިކަމަށް މުހިއްމު ބާޒާރެއްކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ އިންޑިއާ ބާޒާރުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށެވެ. 

އެގޮތުން އިންޑިއާއިން ރާއްޖެއަށް އިންވެސްޓަރުން ގެނައުމަށްޓަކައި އެގައުމުގައި ހާއްސަ އިންވެސްޓުމެންޓު ފޯރަމެއް ބާއްވަން ނިންމާފައިވާ ކަމަށާއި، އެ ފޯރަމް ކުރިއަށްގެންދާއިރު ފޯރަމާއެކު ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ހާއްސަ ރޯޑް ޝޯއެއް ބާއްވާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.