ސަރުކާރުގެ ޓީ-ބިލަށް އެމްއެމްއޭއިން 1.7 ބިލިއަން ރުފިޔާ އިންވެސްޓުކޮށްފި

ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ޓީބިލަށް އެމްއެމްއޭއިން އިންވެސްޓުކުރި އަދަދުވަނީ 61.3 ބިލިއަން ރުފިޔާއަށް އަރާފައި. އެހެންކަމުން ޖުލައި މަހުގައި އެކަނި އެމްއެމްއޭއިން ސަރުކާރުގެ ޓީ-ބިލަށް 1.7 ބިލިއަން ރުފިޔާ އިންވެސްޓުކޮށްފައިވޭ.

މަރުކަޒީ ބޭންކް އެމްއެމްއޭ

ފާއިތުވި ޖުލައި މަހު މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ސަރުކާރުގެ ޓީބިލަށް 1.7 ބިލިއަން ރުފިޔާ އިންވެސްޓުކޮށްފި އެވެ. 

އެމްއެމްއޭއިން ކޮންމެ މަހަކު އެއްފަހަރު އާންމުކުރާ އެ ބޭންކުގެ ސްޓޭޓްމެންޓު އޮފް ފައިނޭންޝަލް ޕޮޒިޝަންސްއިން އެނގޭ ގޮތުގައި މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ސަރުކާރުގެ ޓީބިލަށް އެ ބޭންކުން އިންވެސްޓުކޮށްފައިވާ ޖުމްލަ އަދަދަކީ 59.5 ބިލިއަން ރުފިޔާ އެވެ. 

ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ޓީބިލަށް އެމްއެމްއޭއިން އިންވެސްޓުކުރި އަދަދުވަނީ 61.3 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އެހެންކަމުން ޖުލައި މަހުގައި އެކަނި އެމްއެމްއޭއިން ސަރުކާރުގެ ޓީ-ބިލަށް 1.7 ބިލިއަން ރުފިޔާ އިންވެސްޓުކޮށްފައިވެ އެވެ. 

ޓީ-ބިލަކީ ސަރުކާރުގެ ބަޖެޓު ޑެފިސިޓު ފޫބެއްދުމަށް އެތެރޭގެ ބާޒާރުން ދަރަންޏަށް ފައިސާ ނެގުމަށް ބޭނުންކުރާ ޓޫލެއް ނުވަތަ މާލީ އާލަތެކެވެ. އާންމު ގޮތެއްގައި ޓީބިލު ގަންނަނީ ވިޔަފާރި ބޭންކުތަކުންނާއި އާންމު ވިޔަފާރިތަކާއި ފަރުދުންނެވެ. 

މި ސަރުކާރު ފެށުނުފަހުން ޓީބިލަށް އެމްއެމްއޭއިން އިންވެސްޓުކުރި މިންވަރު ހުރީ ގާތްގަނޑަކަށް 14 ބިލިއަން ރުފިޔާގަ އެވެ. އެހެންކަމުން މިއީ މި ވެރިކަމުގައި ޓީބިލަށް އެމްއެމްއޭއިން އިންވެސްޓުކުރި ފުރަތަމަ ފަހަރެވެ. 

ސަރުކާރަށް ފައިސާ ހޯދުމަށް ވިއްކާ ޓީބިލުގެ އިންޓަރެސްޓު ރޭޓުތައް ބިނާވަނީ އެ ޓީބިލު މެޗުއާވެ ފައިސާ އަނބުރާ އަދާކުރަންޖެހޭ މުއްދަތުގެ މައްޗަށެވެ. 28 ދުވަހުގެ ޓީބިލުގެ އިންޓަރެސްޓު ރޭޓަކީ %3.50 އަދި 91 ދުވަހުގެ ޓީބިލުގެ އިންޓަރެސްޓު ރޭޓަކީ %3.8 އަދި 182 ދުވަހުގެ ޓީބިލުގެ އިންޓަރެސްޓު ރޭޓަކީ %4.23 އަދި 365 ދުވަހުގެ ޓީބިލުގެ އިންޓަރެސްޓު ރޭޓަކީ 4.60 އިންސަައްތަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.