ފަތުރުވެރިކަމުގެ އާމްދަނީން މިންވަރެއް ކައުންސިލުތަކަށް ދޭން ވަރަށް އަވަހަށް ފެށޭނެ: ރައީސް

އަދި ކައުންސިލުތައް ބާރުވެރިކުރުވައި ކައުންސިލުތަކުން ކުރަން ބޭނުންވާ ކަންކަން ކުރުމަށް މަގުފަހި ކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް

ފަތުރުވެރިކަޖުގެ ސިނާއަތުން ދައުލަތަށް ލިބޭ އާމްދަނީގެ މިންވަރެއް ކައުންސިލުތަކަށް ދޭން ވަރަށް އަވަހަށް ފަށާނެ ކަމުގއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރާރެސް ޕޯޓަލާއި ކުރަނގި އޮޕަރޭޝަންގެ ދެވަނަ ފިޔަވަހި އިފުތިތާހު ކުރެއްވުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ. 

ކައުންސިލުތަކަކީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ރައްޔިތުން އިންތިހާބު ކޮށްފައިވާ ބައެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކަައުންސިލުތަކަށް ރައްޔިތުންނާ ގާތުން ހިދުމަތް ކުރެވޭނީ ސަރުކާރުން ކައުންސިލުތައް ބާރުވެރިކުރުވައިގެން ކަމަށެވެ. 

އަދި ކައުންސިލުތައް ބާރުވެރިކުރުވައި ކައުންސިލުތަކުން ކުރަން ބޭނުންވާ ކަންކަން ކުރުމަށް މަގުފަހި ކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. 

ކައުންސިލުތަކަށް ބޭނުންވާ މުހިއްމު ހުރިހާ ކަމެއް މަގުފަހިކޮށް އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ކަައުންސިލުތަކުން ކުރަން ބޭނުންވާ މަސައްކަތްތައް ކުރުމަށް ފަސޭހަވާނެ ގޮތްތައް ސަރުކާރުން ހޯދައިދޭނެ ކަމުގައި ރައީސް ވިދާޅުވި އެވެ. 

ކައުންސިލުތަކުގެ ހިންގުން ހަރުދަނާކުރުމަށާއި ހިދުމަތްތައް އަވަސް ކުރުމަށް ގާނޫނުތަކަށް ގެންނަން ސަަރުކާރުން ހުށަހަޅާފައިވާ ބަދަލުތައް ގެނައުމާއެކު، ފަތުރުވެރިކަމުގެ އާމްދަނީން ކައުންސިލުތަކަށް މިންވަރެއް ދިނުމުގެ ބަދަލުވެސް ވަރަށް އަވަހަށް ތަންފީޒު ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. 

"އަޅުގަނޑު އިޢުލާންކޮށްފައިވާ ގޮތަށް ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލާއި މިކަންކަން ކުރުމާއި އެކީގައި ރާއްޖެއަށް ޓޫރިޒަމްގެ ދާއިރާއިން މިލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކުގެ ބަޖެޓަށް ޖަމާވާގޮތައް އެނިންމި ނިންމުންވެސް އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ އަޅުގަނޑުމެން ތަންފީޒުކުރަން ފަށާނަން،" ރައީސް ވިދާޅުވި އެވެ.  

އިހުތިސާސުގައި ފަޅު ރަށް ނެތް ކައުންސިލުތަކަށް އެހެން ހިސާބުތަކުން ފަޅު ރަށް ހޯދައިގެން އާމްދަނީ އިތުރުކުރުމަށް މަސައްކަތް ކުރުމަށް ހުޅުވައިލި ފުރުސަތުގެ ތެރެއިން މިހާރުވެސް ކައުންސިލުތަކަށް ރަށްތައް ހޯދުމުގެ ފުރުސަތު ހުޅުވިފައި އޮތްކަން ރައީސް ފާހަގަކުރެއްވި އެވެ. 

ރަށްރަށުގައި ހިންގާ ޓޫރިޒަމް ފެސިލިޓީތަކުން ދައްކާ ޓެކުހުގެ ތެރެއިން ވަކި މިންވަރެއް އެ ރަށްރަށުގެ ކައުންސިލަށް ލިބޭނެ ގޮތް ހަމަަޖެއްސެވުމަށް ރައީސްވަނީ ވައުދުވެވަޑައިގެންފަ އެވެ. 

ރަށު ފަތުރުވެރިކަމުން ލިބޭ އާމްދަނީގެ 100 އިންސައްތަ ކައުންސިލުތަކަށް ލިބޭ ގޮތަށް ގާނޫނު ބަދަލުކުރުމަށް މަޝްވަރާ ކުރަމުންދާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.