އަނބުރާ ގެންދިޔަ އިއުތިރާފު ބަޔާނުގައި އޭނާ ކިޔައިދިން ކަންކަމަކީ އެ މައްސަލާގައި ކަން ހިނގި ގޮތްކަން ތަހުގީގަށް ދެނެގަނެވިފައިވާކަމަށް ފުލުހުން ކޯޓުގައި ބަޔާންކުރި އެވެ.
ދޮޅު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި ހައްޔަރުކުރި މީހަކު 15 ދުވަހުގެ މުއްދަތަށް ބަންދުކުރަން ކުރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
މި މައްސަލާގައި 1.5 މިލިއަން ރުފިޔާ ވަގަށް ނެގިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާއަށް ފުލުހުން ތުހުމަތުކުރަނީ ވަނުމުގެ ހުއްދަ ނެތް ތަނަކަށް ވަދެ އެތަނަށް ގެއްލުންދީ ވައްކަންކޮށްފައިވާ ކަމަށެވެ. އަދި އޭނާ ވަން ތަނުން 1.5 މިލިއަން ރުފިޔާ ވަގަަށް ނެގި ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.
ފުލުހުން ކޯޓުގައި ބުނެފައިވަނީ މި ވައްކަމަކީ އިންތިޒާމުވެގެން ގިނަ ބަޔަކު ބައިވެރިވެގެން ހިންގާފައިވާ ވައްކަމެކެވެ.
ކުރިންވެސް އެކި މައްސަލަތަކުގައި ހައްޔަރުކުރުމުގެ ރެކޯޑު އޮތް މީހާ ތަހުގީގަށް އެކި ފަހަރު އެކި ގޮތަށް ބަޔާންދިން ކަމަށް ފުލުހުން ބުނެ އެވެ. ފުރަތަމަ ތުހުމަތުތަކަށް އިއުތިރާފުވުމަށްފަހު ފަހުން އިއުތިރާފު އަނބުރާ ގެނެސް ކުށަށް އިންކާރުކޮށް ހަނު ހުރުމަށް އޭނާ ނިންނމި އެވެ.
އަނބުރާ ގެންދިޔަ އިއުތިރާފު ބަޔާނުގައި އޭނާ ކިޔައިދިން ކަންކަމަކީ އެ މައްސަލާގައި ކަން ހިނގި ގޮތްކަން ތަހުގީގަށް ދެނެގަނެވިފައިވާކަމަށް ފުލުހުން ކޯޓުގައި ބަޔާންކުރި އެވެ.
އޭނާއަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމުގެ ތުހުމަތު އުފެދޭ މިންވަރު ހެއްކާއި ގަރީނާ ހުށަހަޅާފައިވާތީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވެ އެވެ.