ކްރޮސް ސަބްސިޑީ | ބިން ދޫކުރުމުގެ ކުރިން އިންވެސްޓަރު ދޭންޖެހޭ ފައިސާގެ އަދަދު މައްޗަށް

މިހާރު ގެނައި އިސްލާހުގެ ދަށުން ރަށށް ނުވަތަ ފަޅުގެ ޖުމްލަ އަގު ދިހަ މިލިއަން ރުފިޔާއަށްވުރެ މަތިވާނަމަ އެ އަގުގެ 50 އިންސައްތަ ރަށް / ފަޅު ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ދައްކަންޖެހޭނެ އެވެ.

މައިނާ ގްރޫޕުން ރާއްޖޭގައި ހިންގާ އަނަންތާރާ ރިސޯޓް -- ބުކިން ޑޮޓްކޮމް

ސަރުކާރުން ކަނޑައަޅާ މުހިއްމު މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ފައިސާ ދިނުމުން ނުވަތަަ އެ މަޝްރޫއެއް ހިންގައިދިނުމުން ލުއިތަކެއް ލިބޭ ގޮތަށް ފަޅާއި ރަށް ދޫކުރުމުގެ އުސޫލަށް ބަދަލު ގެނެސް، ބިން ދޫކުރުމުގެ ކުރިން ދޭންޖެހޭ ފައިސާގެ އަދަދު އިތުރުކޮށްފި އެވެ. 

ކްރޮސް ސަބްސިޑީގެ އުސޫލުގެ ދަށުން ރަށާއި ފަޅު ދޫކުރުމުގެ އުސޫލު އެންމެ ފުރަތަމަ 2022 ވަނަ އަހަރު އެކުލަވައިލިއިރު މަޝްރޫއު ހިންގުމަށް އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި ދޭ ފައިސާ އެއްފަހަރާ 60 ދުވަހުގެ ތެރޭގައި ދޭން ލާޒިމުކުރި އެވެ. 

ނަމަވެސް ފަހުން އެ އުސޫލު މުރާޖައާކޮށް އިތުރު މާއްދާއެއް އުސޫލަށް އިތުރުކުރި އެވެ. އިތުރުކުރި މާއްދާގެ ދަަށުން ޖުމްލަ ފައިސާ ދިނުމުގެ ކުރިން ރަށް/ފަޅު ދޫކުރުމުގެ އެއްބަސްވުމުގައި ޝަރުތުތަކެއް ފުރިހަމަވާ ހާލަތުގައި ސޮއިކުރެވޭނެ އެވެ. 

އެގޮތުން އެއިރު އުސޫލަށް ގެނައި ބަދަލުގައި ބުނެފައިވަނީ އިންވެސްޓަރު ދައްކަންޖެހޭ ފައިސާގެ ތެރެއިން މަދުވެގެން އެއް މިލިއަން ޑޮލަރު ނުވަތަ 15 މިލިއަން ރުފިޔާ ދެއްކުމުން ފަޅު/ރަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށެވެ. 

އެ މާއްދާއަށް މިހާރު ގެނައި އިސްލާހުގެ ދަށުން ރަށށް ނުވަތަ ފަޅުގެ ޖުމްލަ އަގު ދިހަ މިލިއަން ރުފިޔާއަށްވުރެ މަތިވާނަމަ އެ އަގުގެ 50 އިންސައްތަ ރަށް/ފަޅު ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ދައްކަންޖެހޭނެ އެވެ. 

ފައިސާގެ %50 ދެއްކުމަށްފަހު އަހަރު ނިމުމުގެ ކުރިން ބާކީ ދައްކަން ހުރި ފައިސާ ދައްކައި ހަލާސްކުރަންޖެހޭނެ ކަމަށްވެސް އުސޫލަށް ގެނައި އިސްލާހުގައި ބަޔާންކުރެ އެވެ. 

ކްރޮސް ސަބްސިޑީ އުސޫލަކީ ސަރުކާރުން ހިންގަން ނިންމާ މުހިއްމު ތަރައްގީގެ މަޝްރޫއެއް ހިންގާ ނުވަތަ އެފަދަ މަޝްރޫއަކަށް ފައިސާ ހަމަޖައްސައިދޭ ފަރާތްތަކަށް ލުއި އަގެއްގަައި ފަޅާއި ރަށް ދޫކުރުމުގެ އުސޫލެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.