ޒިފްލީނާ އެޕާޓުމެންޓު ބައްލަވައިގެންނެވި މައްސަލަ އޭސީސީއަށް

ޒިފްލީނާ ފުލެޓު ބައްލަވައިގެންނެވި މައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ ފުލުހުންނެވެ. ފުލުހުން ބުނި ގޮތުގައި އެ މައްސަލަ އޭސީސީއަށް ހުށަހެޅީ ފުލެޓު މައްސަލަ އަމިއްލަ ފަރާތަކުން ފުލުހުންގެ އިދާރާއަށް ހުށަހެޅުމާ ގުޅިގެންނެވެ.

މިހާރު މާލެ ސަރަހައްދުގައި ހުރި އެންމެ އަގުބޮޑު ލަގްޒަރީ އެޕާޓުމެންޓު ބިލްޑިންކަމަށްވާ އެފްޑަބްލިއު ރެޒިޑެންސް ބިލްޑިންއިން ކުރީގެ ސްޓޭޓު މިނިސްޓަރު ޒިފްލީނާ ހަސަން އެޕާޓުމެންޓެއް ބައްލަވައިގެންނެވި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފި އެވެ. 

ޒިފްލީނާ އެޕާޓުމެންޓެއް ބައްލަވައިގެންނެވި މައްސަލަ ފެންމަަތިވީ އެފްޑަބްލިއު ރެޒިޑެންސްއިން އޭނާ ބައްލަވައިގެންފައިވާ 1،200 އަކަފޫޓުގެ ފުލެޓުގެ މިލްކުވެރިކަން އޭނާގެ ނަންފުޅަށް ބަދަލު ކުރެއްވުމަށް ހުށަހެޅުއްވި މައްސަލަ ސިވިލް ކޯޓުން ނިންމުމާ ގުޅިގެން ނޫސްތަކުން އެ ނިންމުން ރިޕޯޓުކުރުމުންނެވެ. 

އެފްޑަބްލިއު ރެޒިޑެންސްއިން ޒިފްލީނާ ބައްލަވައިގަތް އެޕާޓުމެންޓުގެ އަގަކީ 3.5 މިލިއަން ރުފިޔާ އެވެ. އެ ފަައިސާ އޭނާ ދައްކަވައި ހަލާސް ކުރެއްވުމުން އެ އެޕާޓުމެންޓުގެ މިލްކުވެރިކަން ކޯޓުން އޭނާއަށް ބަދަލުކޮށްދީފައިވެ އެވެ. 

ޒިފްލީނާ ފުލެޓު ބައްލަވައިގެންނެވި މައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ ފުލުހުންނެވެ. ފުލުހުން ބުނި ގޮތުގައި އެ މައްސަލަ އޭސީސީއަށް ހުށަހެޅީ ފުލެޓު މައްސަލަ އަމިއްލަ ފަރާތަކުން ފުލުހުންގެ އިދާރާއަށް ހުށަހެޅުމާ ގުޅިގެންނެވެ. 

އެ މައްސަލައާ ގުޅިގެން ޒިފްލީނާ ވިދާޅުވީ އެޕާޓުމެންޓުގެ މިލްކުވެރިކަން އޭނާގެ ނަންފުޅަށް ބަދަލުކުރުން ލަސްވީ އެޕާޓުމެންޓު ވިއްކި ޑަބްލިއުއެފް ކޮންސްޓްރަކްޝަނާއި އެޗްޑީސީގެ މެދުގައި އިދާރީ ބައެއް ކަންކަން ހައްލު ކުރަން ވަގުތު ނެގުމުގެ ސަބަބުން ކަމަަށެވެ. 

2019 ވަނަ އަހަރު ސްޓޭޓު މިނިސްޓަރުކަމަށް ވަޑައިގެންނެވި ޒިފްލީނާ ވިދާޅުވި ގޮތުގައި އޭނާ އެ އެޕާޓުމެންޓު ބައްލަވައިގަތީ ކުރީ ސަރުކާރުގައި ސްޓޭޓު މިނިސްޓަރުކަން ދިނުމުގެ ކުރިންނެވެ. 

އެ އެޕާޓުމެންޓުގައި އޭނާ ދިރިއުޅުއްވާތާ ހަތަރު އަހަރުވެފައިވާކަމަށް ޒިފްލީނާ ވިދާޅުވި ނަމަވެސް އެ ފުލެޓުތަކަށް މީހުން ވަންނަން ފެށީ 2021 ވަނަ އަހަރު ކަމަށްވާތީ އެ އެޕާޓުމެންޓުގައި އޭނާ ހަތަރު އުޅުއްވާނެ ގޮތެއް ނޯންނާނެ ކަމަށް ބައެއް މީޑިއާއިން ރިޕޯޓުކޮށްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.