ތިލަމާލެ ބުރިޖުގެ ކަނޑުގައި އަޅާ ފުރަތަމަ ޑެކުގެ މަސައްކަތް ފަށައިފި

މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އިބްރާހިމް ތުއާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިން ތައްޔާރުކޮށްގެން (ޕްރިކާސްޓު) ގެނެސް ކަނޑުގައި އަޅާ ޑެކުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.

ބުރިޖުގެ ޕްރިކާސްޓް މެރިން ޑެކުގެ މަސައްކަތް، ފޮޓޯ: އެކްސް

އިންޑިއާއިން ލޯނު ނަގައިގެން ކުރީ ސަރުކާރުން އަޅަން ފެށި ތިލަމާލެ ބުރިޖުގެ ކަނޑުގައި އަޅާ ޑެކުގެ މަސައްކަތް ފަށައިފި އެވެ. 

2022 ވަނަަ އަހަރުގައި ބުރިޖުގެ އަމަލީ މަސައްކަތް ފެށި ނަމަވެސް އެމްޑީޕީގެ ވެރިކަން ނިމުނުއިރުވެސް ބުރިޖުގެ މައިގަނޑު މަސައްކަތްތައް ހުރީ ނުފެށި އެވެ. ބުރިޖުގެ މަސައްކަތް އެކަށީގެންވާ ދުވެލީގައި ކުރިއަށްނުދާތީ އެއިރު ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި އެވެ. 

ސަރުކާރު ބަދަލުވިއިރު ކުރިން ކަނޑައެޅި ޝެޑިއުލާ އެއްގޮތަށް މަސައްކަަތް ކުރިއަށްނުދާތީ ބުރިޖުގެ މަސައްކަތުގެ ތާވަލަށް ބަދަލުތަކެއް ގެނެސް މަސައްކަތް ނިންމުމަށް އެ މަސައްކަަތް ހަވާލުކޮށްފައިވާ އެފްކޯންސްއަށް އިތުރު މުއްދަތުވަނީ ދީފަ އެވެ. 

ބުރިޖުގެ ޕްރިކާސްޓް މެރިން ޑެކުގެ މަސައްކަތް، ފޮޓޯ: އެކްސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމާއެކު މި މަޝްރޫއު އަވަސްކުރެއްވުމަށް އިންޑިއާ ސަރުކާރާއެކު މަޝްވަރާތައް ފެއްޓެވި އެވެ. އަދި އަންނަ އަހަރުގެ ޖުލައި މަހުގެ ކުރިން މާލެއާއި ވިލިމާލެ ގުޅުވައިލުމުގެ މަސައްކަތް ނިމޭނެކަން ސަރުކާރުން އިއުލާނުކުރި އެވެ. 

މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އިބްރާހިމް ތުއާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިން ތައްޔާރުކޮށްގެން (ޕްރިކާސްޓު) ގެނެސް ކަނޑުގައި އަޅާ ޑެކުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. 

އަދި މިހާތަނަަށް ބުރިޖު މަޝްރޫއުގެ 40.47 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި 2023 ގައި ވެރިކަމާ ރައީސް ހަވާލުވެ ވަޑައިގެންނެވިއިރު ނިމިފައި އޮތީ މަސައްކަތުގެ 29 އިންސައްތަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.