ޗެނަލް ޕާކު ސަރަހައްދުގައި ކިއޮސްކާއި އައުޓްލެޓުތައް ހިންގުމަށް ހުޅުވާލަައިފި

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ޗެނަލް ޕާކު ސަރަހައްދުގައި ވިޔަފާރި އައުޓްލެޓުތަކާއި ކިއޮސްކުތައް ތަރައްގީކުރަން ބޭނުންވާ ފަރާތްތަކަށް އެކަމުގެ ޝައުގުވެރިކަން ފާާޅުކޮށް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ހުޅުމާލޭގެ ދެ ފިޔަވަހި ދެމެދުގައި ތަރައްގީކޮށްފައިވާ ޗެނަލް ޕާކު، ފޮޓޯ: އަދަދު

ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅޭ ސަރަހައްދުގައި ތައްޔާރުކޮށްފައިވާ އޮޅި ކައިރިން ކިއޮސްކުތަކާއި ވިޔަފާރި އައުޓްލެޓުތައް ގާއިމުކޮށް ހިންގުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލައިފި އެވެ. 

އިއްޔެ އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ޗެނަލް ޕާކު ސަރަހައްދުގައި ވިޔަފާރި އައުޓްލެޓުތަކާއި ކިއޮސްކުތައް ތަރައްގީކުރަން ބޭނުންވާ ފަރާތްތަކަށް އެކަމުގެ ޝައުގުވެރިކަން ފާާޅުކޮށް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. 

އެގޮތުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓު (އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާނީ އީމެއިލު މެދުވެރިކޮށް ނުވަތަ ހާޒިރުވެގެންނެވެ. އައުޓްލެޓުތައް ތަރައްގީކުރަން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 26 ވަަނަ ދުވަހުގެ މެންދުރު 2:00 އާ ހަމއަށް ފުރުސަތު އޮންނާނެ އެވެ. 

އަަދި ކިއޮސްކު ގާއިމުކުރަން ބޭނުންވާ ފަރާތްތަކަށް 28 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމުގައި އެޗްޑީސީން ބުނެ އެވެ. 

ކިއޮސްކު އަދި ބިޒްނަސް އައުޓްލެޓުތައް ހިންގުމަށް ބިން ދޫކުރަން އެޗްޑީސީން ނިންމާފައިވަނީ ލޭންޑް ލީސް ރައިޓްސް މޮޑަލަަށް ކަމުގައިވީ ނަމަވެސް އެހެން މޮޑަލަކަށް ބިން ހޯދުމަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމުގައި އެ ކުންފުނިން ބުންޏެވެ. 

އެއް ބިމަކަށް އެއް ފަރާތަކަށްވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފިނަމަ އެ ފަރާތްތަކުގެ ތެރެއިން މަޝްރޫއު ހިންގުމަށް ބިން ލިބޭނެ ފަރާތެއް ކަނޑައަޅާނީ އެ ފަރާތްތަކުން ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް ވަޒަންކުރުމަށްފަހު ކަމުގައި އެޗްޑީސީން ބުނެ އެވެ. 

އެންމެ ރަނގަޅު ޕްރޮޕޯޒަލެއް ކަނޑައެޅުމުގައި ހުށަހަޅާފައިވާ ވިޔަފާރީގެ މޮޑެލްއާއި ހިންގަން ހުށަހަޅާ ފަރާތުގެ ތަޖުރިބާއާއި ސީއެސްއާރުގެ ގޮތުގައި ހިންގުމަށް ހުށަހަޅާ މަސައްކަތަށް ރިއާޔަތްކުރާނެ ކަމުގައި އެ ކުންފުނިން ބުންޏެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.