ނިމުނު އަހަރުގެ ހަތަރު ކުއާޓާގައިވެސް ޕީއެސްއެމްއަށް ގެއްލުން

މި ހިސާބުތަކަށް ބަލާއިރު 2023 ވަނަ އަހަރު ޖުމްލަ 24.8 މިލިއަން ރުފިޔާގެ ގެއްލުން ޕީއެސްއެމްއަށް ވެފައިވެ އެވެ.

ޕީއެސްއެމްގެ ނަމުގައި ބޮޑު ސްކޭމެއް ވަނީ ހިންގާފަ؛ މި ފައިސާތައް ހޯދީ ގުޅައިގެން އިންޓަނެޓް ބޭންކިންގެ ޕާސްވޯޑް ހޯދައިގެން -- މިހާރު ނޫސް

ފާއިތުވި އަހަރުގެ ހަތަރު ކުއާޓާގައިވެސް ދައުލަތުގެ މީޑިއާ ކުންފުނި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އަށް ގެއްލުންވެއްޖެ އެވެ. 

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ނެރޭ ދައުލަތުގެ ކުންފުނިތަކުގެ ކުއާޓާލީ ފައިނޭންޝަލް ރިވީއުގައި ބުނެފައިވާ ގޮތުން 2023 ވަނަ އަހަރުގެ ހަތަރު ކުއާޓާގައިވެސް ޕީއެސްއެމްއަށް 7 މިލިއަން ރުފިޔާއަށްވުރެ ބޮޑު ގެއްލުންވި އެވެ. 

ވަކިވަކި ކުއާޓާތަކުގައި ޕީއެސްއެމްއަށްވީ ގެއްލުން

  •  ފުރަތަމަ ކުއާޓާ: 7.96 މިލިއަން
  •  ދެވަނަ ކުއާޓާ: 7.75 މިލިއަން
  •  ތިންވަނަ ކުއާޓާ: 7.49 މިލިއަން
  •  ހަތަަރުވަނަ ކުއާޓާ: 7.19 މިލިއަން

މި ހިސާބުތަކަށް ބަލާއިރު 2023 ވަނަ އަހަރު ޖުމްލަ 24.8 މިލިއަން ރުފިޔާގެ ގެއްލުން ޕީއެސްއެމްއަށް ވެފައިވެ އެވެ. ނަމަވެސް އެ އަހަރުގެ ހުރިހާ ކުއާޓާއެއްގައިވެސް ކުންފުންޏަށް އެކަށީގެންވާ މިންވަރުގެ އާމްދަނީއެއް ލިބުނެވެ. 

ވަކިވަކި ކުއާޓާތަކުގައި ޕީއެސްއެމްގެ އާމްދަނީ

  •  ފުރަތަމަ ކުއާޓާ: 26.22 މިލިއަން
  •  ދެވަނަ ކުއާޓާ: 28.08 މިލިއަން
  •  ތިންވަނަ ކުއާޓާ: 24.89 މިލިއަން
  •  ހަތަރުވަނަ ކުއާޓާ: 26.37 މިލިއަން

ޕީސީބީން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު ފާއިތުވި އަހަރުގެ ހުރިހާ ކުއާޓާއެއް އެއްކޮށްލުމުން ޕީއެސްއެމްއަށް އާމްދަނީގެ ގޮތުގައި ލިބުނީ 105 މިލިއަނެއްހައި ރުފިޔާ އެވެ. 

ޕީސީބީން ފާހަގަކުރި ގޮތުގައި ކުރު މުއްދަަތުގައި ބޭނުންކުރެވޭ ގޮތަށް ޕީއެސްއެމްގައި ހުރި އެސެޓުތަކުގެ އަގަކީ 24.83 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ކުރު މުއްދަތުގައި އެ ކުންފުނިން އަދާކުރަންޖެހޭ މާލީ އިލްތިޒާމުތައް 192 މިލިއަން ރުފިޔާއަށް އަރަ އެވެ. އެއިން 179.12 މިލިއަން ރުފިޔާއަކީ އެ ކުންފުނިން ވިޔަފާރިތަކަށް ދައްކަންޖެހިފައި ހުރި ފައިސާ އެވެ. 

މި ހިސާބުތަކަށް ބަލާއިރު ކުރު މުއްދަތުގައި ޕީއެސްއެމްއިން އަދާކުރަންޖެހޭ މާލީ އިލްތިޒާމުތައް އަދާކުރުމުގައި އެ ކުންފުންޏަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމުގައި ބެލެވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.