ފަލަސްތީނު ރެފިއުޖީންނަށް އެހީވާ ޖަމްއިއްޔާއަށް ރާއްޖެއިން އަހަރަކު 50،000 ޑޮލަރު ދެނީ

ރާއްޖެއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އަލީ ނަސީރުވަނީ ރާއްޖެއިން އަންރުވާއަށް އަހަރަކު ދޭ ފައިސާގެ އަދަދު 50،000 އެމެރިކާ ޑޮލަރަށް ބޮޑުކުރާކަން އިއުލާނު ކުރައްވާފަ އެވެ.

އދ.އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އަލީ ނަސީރު އަދި އދގެ އަމީން އާންމު އެންޓޯނިއޯ ގުޓަރޭޒް

ފަލަސްތީނުގެ ރެފިއުޖީންނަަށް އެހީތެރިކަން ފޯރުކޮށްދޭ އދ.ގެ ޖަމްއިއްޔާ  ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ (އަންރުވާ)އަށް ކޮންމެ އަހަރަކު 50،000 އެމެރިކާ ޑޮލަރު ރާއްޖެއިން ދޭން ނިންމަައިފި އެވެ. 

އަންރުވާއަށް މީގެ ކުރިން ދިވެހި ސަރުކާރުން ދެމުން އަންނަނީ އަހަރަކު 5،000 ޑޮލަރެވެ. އެ އަދަދު 50،000 ޑޮލަރަށް ބޮޑުކުރަން ނިންމާފައިވާކަން އެންމެ ފުރަތަމަ ހާމަކުރެއްވީ ހާރިޖީވަޒީރު މޫސާ ޒަމީރެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ފަލަސްތީނަށް އެހީވުމަށް ޕީއެސްއެމްއިން ބޭއްްވި ޓެލެތޯނު ފެށުމުގެ ރަސްމިއްޔާތުގަ އެވެ. 

އިއްޔެ އދ.ގެ މައި މަރުކަޒުގައި އޮތް އަންރުވާ ޕްލެޖިން ކޮންފަރެންސްގަައި ވާހަކަދައްކަވަމުން ރާއްޖެއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އަލީ ނަސީރުވަނީ ރާއްޖެއިން އަންރުވާއަށް އަހަރަކު ދޭ ފައިސާގެ އަދަދު 50،000 އެމެރިކާ ޑޮލަރު/ 771،000 ރުފިޔާއަށް އިތުރުކުރަން ނިންމާފައިވާކަން އިއުލާނު ކުރައްވާފަ އެވެ. 

އަދި ރައީސްގެ އިސްނެންގެވުމަށް ޕީއެސްއެމްއިން ކުރިއަށްގެންދިޔަ ޓެލެތޯނުން ލިބުނު 1.29 މިލިއަން އެމެރިކާ ޑޮލަރު އަންރުވާ މެދުވެރިކޮށް ފަލަސްތީނު ރައްޔިތުންނަށް ހަދިޔާކުރަން ނިންމާފައިވާކަމަށް އަލީ ނަސީރު ވިދާޅުވި އެވެ. 

ޓެލެތޯނުން 18.4 މިލިއަން ރުފިޔާ އަދި 49،800 އެމެރިކާ ޑޮލަރު ލިބުނެވެ. އޭގެ އިތުރަށް ޒަކާތު ފަންޑުން ފަލަސްތީނަށް އެހީވުމަށް 100،000 ޑޮލަރު ދިނުމަށް ސަރުކާރުން ނިންމާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.