އެސްއޯއީތަކުގެ ވަޒީފާތައް | ފަސް އަހަރުން ފަނަރަހާސް ވަޒީފާ، %84 އިތުރުވުމެއް

އެ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ކުއާޓާލީ ރިޕޯޓު އެކުލަވައިލުމަށް އެސްއޯއީތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު ހޯދަން ޕީސީބީން އެދުމުން ބައެއް ކުންފުނިތަކުން އެ އަދަދު އެ ބޯޑާ ހިއްސާކޮށްފައިނުވެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމްޑީޕީ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

ފާއިތުވި ފަސް އަހަރު ތެރޭގައި ދައުލަތުގެ ކުންފުނިތަކުން 15،000 އަށްވުރެ ގިނަ ވަޒީފާ އުފައްދައި ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 84 އިންސައްތަ އިތުރުކޮށްފައިވާކަން ހާމަވެއްޖެ އެވެ. 

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ޝާއިއުކުރި އެސްއޯއީތަކުގެ ފާއިތުވި އަހަރުގެ ފަހު ކުއާޓާގެ މާލީ ރިޕޯޓުން އެނގޭ ގޮތުގައި 2018 ވަނަ އަހަރުގެ ނިޔަލަށް އެސްއޯއީތަކުގައި ތިބީ ޖުމްލަ 18،676 މުވައްޒަފުންނެވެ. އެއީ އަމިއްލަ ފުދުންތެރިކަމުގައި ހިންގާ ކުންފުނިތަކުގައި މަސައްކަތްކުރާ 16،445 މުވައްޒަފުންނާއި ސަރުކާރުން ހަރަދުކޮށްގެން ހިންގާ ކުންފުނިތަކުގައި ތިބި 2،231 މުވައްޒަފުންނެވެ. 

އެ އަދަދު 2023 ވަނަ އަހަރުގެ ނިޔަލަށް 34،369 އަށް އިތުރުވެފައިވެ އެވެ. އެއީ އަމިއްލަ ފުދުންތެރިކަމުގައި ހިންގާ ކުންފުނިތަކުގައި 30،723 މުވައްޒަފުން އަދި ސަރުކާރުން ހަރަދުކޮށްގެން ހިންގާ ކުންފުނިތަކުގައި 3،646 މުވައްޒަފުންނެވެ. 

އެ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ކުއާޓާލީ ރިޕޯޓު އެކުލަވައިލުމަށް އެސްއޯއީތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު ހޯދަން ޕީސީބީން އެދުމުން ބައެއް ކުންފުނިތަކުން އެ އަދަދު އެ ބޯޑާ ހިއްސާކޮށްފައިނުވެ އެވެ. ނަތީޖާއެއްގެ ގޮތުން އެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދުގެ ގޮތުގައި ރިޕޯޓުގައި ހިމަނާފައިވާ އަދަދަކީ 2022 ވަނަ އަހަރު އެ ކުންފުނިތަކުގައި މުވައްޒަފުން ތިބި އަދަދެވެ. 

އެ ހިސާބުތަކަށް ބަލާއިރު އެންމެ ބޮޑަށް އިތުރުވީ ފެނަކައިގެ މުވައްޒަފުންގެ އަދަދެވެ. 2018 ވަނަ އަހަރު ނިމުނުއިރު ފެނަކައިގައި ތިބީ 2،756 މުވައްޒަފުންނެވެ. 2023 ވަނަ އަހަރުގެ ފަހު ކުއާޓާ ނިމުނުއިރު އެ އަދަދުވަނީ 7،132 އަށް އަރާފަ އެވެ. އެއީ 158 އިންސައްތައިގެ އިތުރުވުމެކެވެ. 

ފެނަކައިގެ އިތުރުން އެޗްޑީސީއާއި އެމްޕީއެލް ފަދަ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދުވެސްވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. 

ކުންފުނިތަކުގެ އާމްދަނީގެ ތެރެއިން މުވައްޒަފުންގެ މުސާރައަށް ހަރަދުކުރި ނިސްބަތަށް ބަލާއިރު އެންމެ ބޮޑު އިންސައްތައެއް މުސާރައަށް ހަރަދުކުރީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްސް ކޮމްޕެނީންނެވެ. އެ ކުންފުނީގެ އާމްދަނީގެ 356 އިންސައްތަ މުސާރައާއި އިނާޔަތްތަކަށް ހަރަދުކުރި އެވެ. 

ދެން އެންމެ ބޮޑު ނިސްބަތެއް މުވައްޒަފުންގެ މުސާރައަށް ހަރަދުކުރީ ރީޖަނަލް އެއާޕޯސްޓްސް ކުންފުނި އެވެ. އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 7.65 މިލިއަން ރުފިޔާ ލިބުނުއިރު އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަތަކަށް 20.61 މިލިއަން ރުފިޔާ ހަރަދުކުރި އެވެ. އެއީ އާމްދަނީގެ ނިސްބަތުން 270 އިންސައްތަ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.